ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)240-CA/240/2021/16
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 04 އޮކްޓޫބަރު 2021 14:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ އަށް ވެހިކަލް ހޯދުމާއި ގުޅޭ (ވޭން 7 ސީޓަރ)

ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ އަށް ކާރަކާއި ވޭނެއް ގަތުމަށް ކުރެވުނު ނަންބަރު (IUL)204-CA/240/2021/13 ( 22 އޯގަސްޓް 2021 ) އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާޠިލްކުރުމަށްފަހު  ދެވަނަފަހަރަށް އިއުލާނު ކުރީމެވެ. މިތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު ( 18/2014 )  ގެ ދަށުން ވިޔަފާރި  ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

1- ވޭން 7 ސީޓަރ

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 04 އޮކްޓޯބަރު 2021 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަކުރެއްވުމަށް ފަހު   [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާހުގެ ސޮފްޓް ފައިލް ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް 05 އޮކްޓޯބަރު 2021 ވާ އަންގާރަ  ދުވަހުގެ 14.00 ގެކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 19 އޮކްޓޯބަރު 2021 ވާ އަންގާރަ ދުވަހުގެ 11.00 ގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެލައްވާނަމަ 06 އޮކްޓޯބަރު 2021 ވާ ބުދަ ދުވަހުގެ 13.00 ގެކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ފޮނުވޭ ސުވާލުތަކުގެ ޖަވާބު 10 އޮކްޓޯބަރު 2021 ވާ އާދީއްތަ ދުވަހުގެ 13.00ގެ ކުރިން މެއިލް އިން ފޮނުވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ބީލަމާއި ގަޑިޖެހިގެން ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

 

26 ސެޕްޓެންބަރު 2021