ދިވެހިރާއްޖެ
ނަމްބަރ: (IUL)295-B/2021/33
އިޢުލާން
ނ.ހޮޅުދޫ ޕްރީސްކޫލް ބޭރު ސީލިންގް ބަދަލު ކުރުމާއި އިތުރު ބައެއް މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 10:45 އާއި 11:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 11:00 ގެކުރިން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓްތައް ކެނޑުން އޮންނާނީ 04 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިއްބަވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ނަމްބަރ: 18/2014 ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
26 ސެޕްޓެމްބަރ 2021