ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)330-B/330/2021/26
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 06 އޮކްޓޫބަރު 2021 11:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާކު ސެޓެއް ގަންނަން ބޭނުންވެއްޖެ

ނަމްބަރ: (IUL)330-B/330/2021/26

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޕާކު ސެޓެއް ހޯދުން

މި އިޢުލާނާއެކު މަޢުލޫމާތު ދެންނެވިފައިވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، 2021 ސެޕްޓެމްބަރ 27 އިން 2021 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 14:00 ގެކުރިން [email protected] އަށް މެއިލްކުރުމުން ބީލަމުގައި ރަޖިސްޓަރީވިކަމުގެ ސްލިޕް އެ ފަރާތަކަށް މެއިލްކުރެވޭނެއެވެ. މި ބީލަމަށް ރަޖިސްޓަރީކުރުމުގެ ފީއެއްގެގޮތުގައި (100) އެއްސަތޭކަރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ. ބީލަމަށް ރަޖިސްޓަރީކުރެވޭނީ ރަޖިސްޓްރޭޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ. ބީލަމަށް ރަޖިސްޓަރީ ކުރަން ދެވިފައިވާ ވަގުތުގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓަރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓަރީ ނަމްބަރު ލިބުމުންނެވެ.

މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެކަމުގައި ދަންނަވަމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 06 އޮކްޓޫބަރ 2021 ވާ ބުދަ ދުވަހުގެ 11:00  ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓަރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަން ހުޅުވުމަށް ދެވިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ.

މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މަޢުލޫމާތު ކަރުދާސްތައް ބިޑް ރަޖިސްޓްރޭޝަން ސްލިޕާއި އެކު މެއިލްކުރެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

ނަން: ޙުސައިން ސިޔާޙް

މަޤާމް: ސ. ކައުންސިލް އޮފިސަރ

އޮފީސް: މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ، ހަވީރީހިނގުން، ކ.ކާށިދޫ، ދިވެހިރާއްޖެ

ގުޅޭނެ ނަމްބަރު: 6645377، 7798119

އީމެއިލް އެޑްރެސް: [email protected]

 

26 ސެޕްޓެމްބަރ 2021

26 ސެޕްޓެންބަރު 2021