މަސައްކަތް
ނަންބަރު: 216-MPAO-CA/IUL/2021/22
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:14
ސުންގަޑި: 04 އޮކްޓޫބަރު 2021 11:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އޮފީސް ކޮންސިއުމަބަލްސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ޕެންޝަން އޮފީހަށް ބޭނުންވާ އޮފީސް ކޮންސިއުމަބަލްސް (ޓިޝޫ، ހޭންޑް ވޮޝް، އެއާރ ފްރެޝްނާރ ފަދަ ތަކެތި) އެއް އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
 


މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.


މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 29 ސެޕްޓެންބަރު 2021 ވާ ބުދަ ދުވަހުގެ 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު، މާލެ، ދިވެހިރާއްޖެ)


އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 04 އޮކްޓޫބަރު2021 ވާ ހޯމަ ދުވަހުގެ 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު، މާލެ، ދިވެހިރާއްޖެ) 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

23 ސެޕްޓެންބަރު 2021