މަސައްކަތް
ނަންބަރު: E9C-A/2021/07
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 03 އޮކްޓޫބަރު 2021 13:30
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓުގެ ބޮޑު 2 ދޮރު ބަދަލުކުރުމާއި އިމާރާތުގެ ބޭރުގައި ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކޯޓުގެ ބޮޑު 2 ދޮރު ބަދަލުކުރުމާއި އިމާރާތުގެ ބޭރުގައި ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

 

އަމިއްލަ ތަކެތީގައި މިކޯޓުގެ ބޮޑު 2 ދޮރު ބަދަލުކޮށް އިމާރާތުގެ ބޭރުގައި ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ތިރީގައި އެވަނީ މަރާމާތުކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލެވެ.

1-     ކޯޓު ޢިމާރާތުގައި މިހާރު ހަރުކޮށްފައިވާ  ބޮޑު 2 ދޮރު ނަގައި އަލުން އައު ދޮރު ހަރުކުރަންވާނެ.

2-     ދޮރުގެ ދާރައިން ހަލާކުވެފައިތަންތަން ސިމެންތި ޖަހައި އޮމާކުރުމަށްފަހު، ޕުޓީ އަޅައި ވޯލް ސީލް ލުމަށް ފަހު ރަނގަޅު ފެންވަރުގެ ހުދުކުލަލާންވާނެ.

3-     ކޯޓުގެ ބޮޑު 2 ދޮރު ކަނީގެ އެތެރެއާއި ބޭރުގައި ބޯޑަރުއަޅަންވާނެ.

4-     ދޮރުޖަހަންވާނީ ރެޑްމެރެންޓީ ހަރުލަކުޑިން ނުވަތަ ހާރޑްވުޑް އަތްވަށްފަޅައިގެންނުދާ ލަކުޑިން.

5-     ބޮޑު2 ދޮރުގެ ދޮރުފަތް ހުންނަންވާނީ އެންމެ މޮޅު ހަރު ލަކުޑިން. (ސޮލިޑް ޕޮލިސްކުރި މޮޅު ދޮރުފަތް)

6-     ފާރަށް ދޮރު ހަރުކުރުމުގެ ކުރިން ފަނިފަކްސާއިން ސަލާމަތްކުރުމަށްޓަކައި ސޮލިގުނަމް ކޯޓެއް ލާންވާނެ.

7-     ފާރަށް ދޮރު ހަރުކުރާއިރު މަދުވެގެން ދޮރުކަނީގެ ތިންދާރާއިގައި 1 ފޫޓް ދުރުމިނުގައި ފާރަށް މުކޮޅުޖަހައި ބޯލްޓު އަޅަންވާނެ.

8-     ދޮރުފަތް ހަރުކުރުމަށްފަހު ހަރުކުރާ ދޮރުފަތުގެ ޕޮލިސްކަން ކުޑަނަމަ ދޮރުފަތުގެ ބޭރުފަޅީގައި ދޮރުކަންޏާއެކު ކޯޓުން ކަނޑައަޅާ ކުލައެއްގެ ދަވާދު  ނުވަތަ ވަރުނީސް ލާންވާނެ. (މަދުވެގެން 2 ކޯޓު ދަވާދު/ވަރުނީސްލުން)

9-     ކޯޓުގެ ބޮޑު 2 ދޮރުގައާއި، ބޯޑަރުތަކުގައި ކޯޓުން ކަނޑައަޅާ ކުލައެއްގެ ދަވާދު ނުވަތަ ވަރުނީސް ލާންވާނެ. (މަދުވެގެން 2 ކޯޓު ދަވާދު/ވަރުނީސްލުން)

10- ބޮޑު 2 ދޮރުގެ ބޭރު ފަރާތުގައި 5 ފޫޓް ދިގު،3 ފޫޓް ފުޅައު، 3 ފޫޓް އުސްމިނުގެ ފެންފައްސެއް (ކުޑަ ފުރާޅުކޮޅެއް) ލާންވާނެއެވެ. އަދި މިފުރާޅުކޮޅު ހަރުކުރެވިފައި ހުންނަންވާނީ ފާރަށް މުކޮޅުޖަހައި، 3 އިންޗި އެސް.އެސް އިސްކޫރުޖަހައި، ފާރާއި ފެންފައްސާ ދޭތެރެއަށް ފެންލީކުނުވާނެހެން ރަނގަޅު ފެންވަރުގެ ސެލްކޯން އަޅައިގެން.

11- ބޮޑު  2ދޮރުގައި ރަނގަޅު ފެންވަރުގެ މޮޅު ތަޅު (ލޮއިން ނުވަތަ މޮޅު ސްޓޭންލެސްޓިލް ތަޅު) ހަރުކުރުން.

12- ކޯޓުގެ ބޭރުފަރާތުގައި 8 ލައިޓް ހަރުކުރުމަށް ކަރަންޓް އަޅަންވާނެ. ކަރަންޓް އަޅާނީ 2.5 ގެ ކަރަންޓް ނަރު ބޭނުންކޮށްގެން.

13- ކަރަންޓް ނަރު އަޅަންވާނީ ކޮންޑިއުޓް ހޮޅީގެ ތެރެއަށް ލައްވައިގެން.

14- ކޮންމެ 4 ލައިޓަކަށް 2 ގޭންގުގެ ސްވިޗެއް ހަރުކުރަންވާނެ.

15- ކަރަންޓް ލައިން އަޅަންވާނީ ފާރުކަނޑައި ފާރުގެ ތެރެއަށް ކޮންޑިއުޓް ހޮޅި ލައްވައިގެން. ފާރުން ކަނޑާފައިވާ ތަންތަން ސިމެންތި ޖަހައި އެއްވަރުކޮށް އޮމާންކުރުމަށްފަހު ވޯލްސީލް ލުމަށްފަހު ފާރާ އެއްގޮތް ކުލައިގެ 2 ކޯޓުލާންވާނެ.

16- ސްވިޗް ހަރުކުރާނީ ފާރުކަނޑައި ފާރުތެރެއަށް ފަށްތައިގެން.

17- ކޮންމެ 4 ލައިޓަކަށް 1 ސާރކިޓް ހަރުކުރަންވާނެ.

18- މި ތަފްޞީލުގައި ހިމެނޭ އެންމެހައި މަސައްކަތްތައް ކުރާއިރު ކޯޓުގެ މަޝްވަރާ ހޯދަންވާނެއެވެ.

 

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން 6580428 / 7369195 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު (03 އޮކްޓޯބަރ 2021)  13:30 އަށް މިކޯޓަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. 

 އިތުރު މަޢުލޫމާތު

1-     މަރާމާތުކުރަމުންދާއިރު އިތުރު މައްސަލައެއް ފާހަގަ ވާނަމަ އެ ކަމެއް ހައްލު ކުރަންވާނީ އެމަސައްކަތް ކުރުމަށް ހުއްދަ ލިބިގެންނެއެވެ.

2-     ކޯޓޭޝަނުގައި މަސައްކަތް ކުރެވޭނެ އަގާއި މަސައްކަތުގެ މުއްދަތު ބަޔާންކޮށްފައި އޮންނަށް ވާނެއެވެ.

3-     މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / އައިޑީކާޑު ހުށަހަޅަންވާނެއެވެ.

4-     މަސައްކަތް ހަވާލުކުރެވޭނީ މިމަސައްކަތް ކުރުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

16 ޞަފަރު 1443

23 ސެޕްޓެމްބަރ 2021

23 ސެޕްޓެންބަރު 2021