ނީލަން
ނަންބަރު: R/IUL/2021/122
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 30 ސެޕްޓެންބަރު 2021 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިއުން

ނަންބަރ:R/IUL/2021/122

 

އިޢުލާން

މި ކުންފުނީގައި މިހާރު ބޭނުން ނުކުރެވޭ މިދަންނަވާ ތަކެތި ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

- 01 އެޗް.ޕީ ކަލަރ ލޭޒަރޖެޓް ޓްރާންސްފަރ ކިޓް C4154A (އައު)

- 01 އެޗް.ޕީ ކަލަރ ލޭޒަރޖެޓް އިމޭޖް ފިއުޒަރ ކިޓް C9736A (އައު)

- 01 އެޗް.ޕީ ކަލަރ ލޭޒަރޖެޓް އިމޭޖް ފިއުޒަރ ކިޓް C9734B (އައު)

- 01 އެޗް.ޕީ ލޭޒަރޖެޓް ޕްރިންޓް ކާރޓްރިޖް C9730A – 645A (ބްލެކް)  (އައު)

- 02 އެޗް.ޕީ ލޭޒަރޖެޓް ޕްރިންޓް ކާރޓްރިޖް C9732A – 645A (ޔެލޯ) (އައު)

- 03 އެޗް.ޕީ ލޭޒަރޖެޓް ޕްރިންޓް ކާރޓްރިޖް C9733A – 645A (މެޖެންޓާ) (އައު)

- 02 އެޗް.ޕީ ލޭޒަރޖެޓް ޕްރިންޓް ކާރޓްރިޖް C9731A – 645A (ބްލޫ) (އައު)

މި ނީލަން ފެށޭ އަގަގީ 30،000.00 (ތިރީސް ހާސް) ރުފިޔާ އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500ރ (ފައްސަތޭކަ) ރުފިޔާއެވެ.

ވީމާ، މިތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 27 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 30 ސެޕްޓެންބަރު 2021 ވާ ބުޜާސްފަތި ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި  27 ސެޕްޓެންބަރު 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތް ތަކަށް ވެސް މިނީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދަންނަވަމެވެ.

މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 03 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338365 ނަންބަރު ފޯނާއެވެ.

                                         15 ޞަފަރު 1443

23 ސެޕްޓެންބަރު 2021