ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD-IU-2021-427
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 26 ސެޕްޓެންބަރު 2021 23:59
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މި ކުންފުނިން 20 ސެޕްޓެމްބަރ 2021 ގައި ޕަބްލިޝްކޮށްފައިވާ، ޕަބްލިކް ރިލޭޝަންސް އޮފިސަރ އިއުލާނު

  (MTCC- HRD/IU/2021/422) ބާތިލްކޮށް ފައިވާވާހަކަ ދެންނެވީމެވެ.

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

ބިޒްނަސް ޑެވެލޮޕްމެންޓް އެންޑް އެޑްމިނިސްޓްރޭޝަން ޑިވަޜަން – އެމްޓީސީސީ ޓަވަރ

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 10،000ރ
  • މަގާމާއި ގުޅޭދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވާނަމަ 2500ރ 
  • މަގާމާއި ގުޅޭދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ 1500ރ 
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 5 ދުވަހު – ދުވާލަކު 08 ގަޑިއިރު

ޝަރުޠު

  • އޭލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ލިބިފައިވުން.
  • އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު އަދި މީޑިއާ ރިލީސްއާއި އާރޓިކަލްސްތައް ލިޔުމުގެ ހުނަރު ލިބިފައިވުން.
  • ދިވެހިރާއްޖޭގެ މީޑިއާ އަދި މީޑިއާ ޕްރޮމޯޝަންސް ގެ މަޢުލޫމާތު ލިބިފައި ހުރުން އަދި މިކަންކަމަށް ޝައުޤުވެރިކަން ހުރުން.
  • އޮފީސް މަސައްކަތް ކުރުމުގެ ހުނަރާއި ޑެޑްލައިނަށް ކަންކަން ނިންމާ އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަމާއި ހުނަރު ލިބިފައިވުން.މަސައްކަތަށް ޝައުގުވެރިކަން ހުރުމާއިއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ސިއްޚަތު ރަގަޅު މީހަކު ކަމުގައިވުން.
  • ފޮޓޯޝޮޕް،ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީއަށް އަހުލުރވެރިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2021 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  2021  ސެޕްޓެމްބަރ 28 ން 2021 އޮކްޓޯބަރ 07 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

3001100

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓިން އެވެލުއޭޝަންއަށް ފަހު އެންމެ މަތިން މާކްސް ލިބޭ 10-15 ފަރާތްތަކާއިއެވެ. ޝޯޓްލިސްޓް ކުރުމުގައި ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ (ހުށަހަޅާފައިވާ ލިޔެކިއުންތައް) އަށް ބަލައި ސްކޯކުރެވޭނެއެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

23 ސެޕްޓެމްބަރ 2021

23 ސެޕްޓެންބަރު 2021