މަސައްކަތް
ނަންބަރު: (IUL)322-M/322/2021/76
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 03 އޮކްޓޫބަރު 2021 09:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Andhaasee hisaabu husha elhumuge dhauvath

  1. މިއިދާރާގެ ނަންބަރ (IUL)322-M/322/2021/67 (15 އޮގަސްޓް 2021) އިޢުލާނާގުޅިގެން 05 ރުއް ކަޑައި ނައްތާލުމަށް އެދި ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބު އަގު ބޮޑުކަމަށް ފެންނާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. މިމަސައްކަތާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 30 ސެޕެޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 09:00 ގައި މިއިދާރާގައެވެ.
  4. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  5. ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  6. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
23 ސެޕްޓެންބަރު 2021