ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2021/271
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 29 ސެޕްޓެންބަރު 2021 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

ވަޒީފާގެ ފުރުސަތު (ކޮންސަލްޓަންޓް)

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއި ގުޅިގެން ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކާއި ދާއިރާގެ ޢިމާރާތްތަކުގެ އިންޖީނިއަރިންގ ގެ މަސައްކަތްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން، ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތައް ކުރުމަށް ކޮންސަލްޓެންޓުންގެ ގޮތުގައި މަސައްކަތްކުރާނެ ތިރީގައި ދަންނަވާ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ދާއިރާ

 ބޭނުންވާ އަދަދު

އިންޖީނިއަރިންގ ކޮންސަލްޓެންޓް

   2

ކުއަންޓިޓީ ސާވެއަރ

   1

 

މި މަޤާމް/މަސައްކަތާގުޅޭ އެންމެހާ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކޮށްފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މިއިޢުލާނާއެކު ހިމަނާފައިވާނެއެވެ.

 

މަޤާމް/މަސައްކަތަށް އެދި ހުށަހެޅުން.

މި މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

ސިޓީ ހުށަހަޅުއްވާނީ ތިރީގައިވާ ފަރާތަށެވެ.

ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 8 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]

23 ސެޕްޓެންބަރު 2021