ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)56-CAS/56/2021/22
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 23:16
ސުންގަޑި: 30 ސެޕްޓެންބަރު 2021 13:30
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

މަޤާމު:

އޮފީސް އެސިސްޓެންޓް    

މަޤާމުގެ ނަންބަރު:

J-128087

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެޑްމިން އެންޑް އެޗް.އާރް. ޔުނިޓް/ ޤައުމީ ކުތުބުޚާނާ، މާލެ

މުސާރަ:

މަހަކު -/3,470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
  • ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1200 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޤައުމީކުތުބުޚާނާގެ ތަޅުދަނޑި ގެނެސް ގެންދިޔުން
  • އޮފީސްތަކަށާއި އެހެނިހެން ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީއާއި ތަކެތި އެ ފަރާތްތަކަށް ރައްދުކުރުން
  • ފޮޅާ ސާފުކުރުމަށް ހަވާލުކުރެވޭ ތަންތަން ކުނިކަހާ ފޮޅާ ސާފު ކުރުން
  • ސަރވިސް ކައުންޓަރުން ޙަވާލުވާ ތަކެތި (ސިޓީ، ނޫސް، މަޖައްލާ، ފޮތް ފަދަ ތަކެތި) ޔުނިޓުތަކަށް ގެންދިޔުން
  • އެޑްމިން އެންޑް އެޗް.އާރު. ޔުނިޓުން ޙަވާލުކުރާ ތަކެތި އެހެން ޔުނިޓްތަކަށް ގެންދިއުން
  • ސީ.އެމް.އެލް. ގައި ރިޓާރން ކޮށްފައި ހުންނަ ފޮތްތައް ސެކްޝަން ތަކަށް ގެންދިޔުން
  • ވިތްޑްރޯ ކުރާ ފޮތްތައް ހަމަޖެހިފައި އޮންނަ އުޞޫލެއްގެމަތިން އުކާލުން
  • މީޓިންގތަކަށާއި އެހެނިހެން ކަންތައްތަކަށް، ފެން، ގޮނޑި، މޭޒު އަތުރައި ތައްޔާރު ކުރުން
  • ސައިކޮޓަރި ސާފުކުރުވާ ބެލެހެއްޓުން
  • އެސިސްޓަންޓް ފޯމަން އަދި މަސައްކަތު މީހާ ނެތް ޙާލަތްތަކުގައި އެމީހުންގެ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން
  • ހަފްތާއަކު އެއްފަހަރު ބާއްވާ ޔުނިޓް މީޓިން ގައި ބައިވެރިވުން
  • ހަފްތާއަކު އެއްފަހަރު ސުޕަވައިޒަރާއެކު ބައްދަލުކޮށް ޓާގެޓް ތަކާއިމެދު މަޝްވަރާކޮށް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުން
  • ލައިބްރަރީގެ ފަރާތުން އިންތިޒާމްކުރާ ކޯސް، ޓްރޭނިންގ ޕްރޮގްރާމް، ވޯރކްޝޮޕް، ޖަލްސާ، ސެމިނަރ އަދި މިނޫންވެސް މިފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެއްބާރުލުން ދިނުން
  • ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުން
  • ޤައުމީދިދަ ނަގާ، ތިރިކުރުން
  • މަސައްކަތުގެ މަންތްލީ، ވީކްލީ އަދި ޑެއިލީ ޕްލޭން ހެދުން
  • އޮފީހުން އިންތިޒާމްކޮށް އަދި މީގެ އިތުރުން ހޯދައިދޭ ޓްރޭނިންގ ފުރުސަތުތަކުގައި ބައިވެރިވުން
  • އޮފީހުގެ މަސައްކަތް އިތުރަށް ރަގަޅުކުރެވޭނެ ގޮތާއި މެދު ބިނާކުރަނިވި ހިޔާލު ފާޅުކުރުން
  • ހަވާލުކުރެވިފައިވާ މަސައްކަތާއި ގުޅިގެން އޮފީސް ތަމްސީލްކުރުން
  • އޮފީހުން ބޭރުން ގެންނަން ޖެހޭތަކެތި ގެނައުމާއި ހަވާލުކުރަން ޖެހޭ ސެކްޝަނާއި ހަވާލުކުރުން
  • މުވައްޒަފުންނާއި ކަސްޓަމަރުންގެ މަޢުލޫމާތުތަކަށް ރައްކާތެރިވެ ސިއްރު ހިފެހެއްޓުން

 

މަޤާމުގެ ޝަރުޠުތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 2 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ ގްރޭޑް 8 ނިންމާފައިވުން.

 

 މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ނެތް

ކޯ ޑިސިޕްލިންތައް:

  • ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  •  ކްލެރިކަލް ސަޕޯޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- އަސާސީ ޝަރުޠު ހަމަވުން %50

- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5

- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5

- އިންޓަރވިއު %40 

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ސެޕްޓެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ޤައުމީ ކުތުބުޚާނާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.


ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 05 އޮކްޓޯބަރު 2021 އާއި 31 އޮކްޓޯބަރު 2021 އާ ދެމެދު، ޤައުމީ ކުތުބުޚާނާގެ (މިއުޒިއަމް ބިލްޑިންގ އޭ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3007200 އަށެވެ. އީ-މެއިލް ކުރާނީ[email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

22 ސެޕްޓެންބަރު 2021