ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް މައިކްރޮސޮފްޓް ސޮފްޓްވެއަރ ލައިސެންސް ސަޕްލައިކޮށްދިނުމާއި އޭޑީ އެނާލިސިސް އަދި ޝެއަރ ޕޮއިންޓްގެ ސެޓްއަޕް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާންގެ މުއްދަތު އިތުރުކުރުމާއި ގުޅޭ:
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ނަންބަރު IUL)170-PR/170/2021/110) (15 ސެޕްޓެމްބަރ 2021) އިޢުލާންއާއި ގުޅިގެން ދަންނަވަމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް މައިކްރޮސޮފްޓް ސޮފްޓްވެއަރ ލައިސެންސް ސަޕްލައިކޮށްދިނުމާއި އޭޑީ އެނާލިސިސް އަދި ޝެއަރ ޕޮއިންޓްގެ ސެޓްއަޕް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާންއާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ މުއްދަތު އިތުރު ކުރެވިފައިވާކަން މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އަދި މި ބިލަމާއިއެކު ހުށަހަޅަންޖެހޭ ބިޑް ސެކިއުރިޓީގެ ވެލިޑިޓީ މުއްދަތު 60 ދުވަހަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާފައިވާ ފަރާތްތަކުން 27 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.