ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ:
މި މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ދ.ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ އަމާން ހިޔާގެ ފުރަތަމަ ފަންގިފިލާގެ ބެލްކަނީގައި ގްރިލް ޖެހުމާއި ދޮރުތަކުގައި ގްރިލް ޖެހުން އަދި އަމާން ހިޔާގެ ކުރަން ހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު (IUL)459-PL/459/2021/64 އިޢުލާނަށް، ހުށައަޅަންޖެހޭ ލިޔުންތައް ހަމަކޮށް އެއްވެސް އަންދާސީ ހިސާބެއް ހުށައަޅާފައިނުވާތީ އަލުން މި ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް ދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުވުމަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.
މި އިޢުލާނުގައި މައުލޫމާތު ޝީޓު އެޓޭޗްކުރެވިފައިވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
26 ސެޕްޓެންބަރު 2021 |
އާދިއްތަ |
10:00 |
ދ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ، ދ.ކުޑަހުވަދޫ |
އަންދާސީ ހިސާބު ހުށައެޅުއްވުން |
5 އޮކްޓޫބަރު 2021 |
އަންގާރަ |
10:00 |
ދ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ، ދ.ކުޑަހުވަދޫ |