ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2014/130
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2014
ޕަބްލިޝްކުރި ގަޑި: 15:01
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާންމު ކުނި އުކާލުމާގުޅޭ

1 ޖުލައި 2014 ވާ އަންގާރަ ދުވަހުން ފެށިގެން ޢާންމު ކުނި އުކުމަށް ހަމަޖެހިފައިވަނީ މާލޭގެ 2 ނަންބަރު ކުނިކޮށްޓާ ދިމާލުގައި އަޅާފައިވާ ދޯނިފަހަރުތަކަށެވެ.

އުކާލަން ގެންނަ ކުނި ހުންނަން ވާނީ، "ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު"ގެ ޖަދުވަލު (ހ) ގައި ބަޔާންކޮށްފައިވާ ކުނިމެނޭޖުކުރުމާބެހޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮތަޅު، ގޯނި ނުވަތަ މިފަދަ ކޮންމެވެސް އެއްޗެއްގައި ރަނގަޅަށް ބަންދުކޮށްފައެވެ. މިނޫންގޮތަކަށް ގެނެވޭ ކުނި ދޯނިތަކަށް ބަރުކުރުމުގެ ހުއްދަ ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

            30 ޝަޢުބާން 1435

28 ޖޫން 2014