މަސައްކަތް
ނަންބަރު: (IUL)264/PRIV/2021/44
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 29 ސެޕްޓެންބަރު 2021 10:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޮޅިވަރަމުގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

          ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރުގައި ނޮޅިވަރަމުގެ ނަން ރަމުޒްކޮށްދޭ މޮނިއުމެންޓެއް އަމިއްލަ ތަކެތީގައި ހަދައިދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

29 ސެޕްޓެމްބަރ 2021 (ބުދަ)

10:00

10 އޮކްޓޯބަރ 2021 (އާދީއްތަ)

10:00

 

މަޢުލޫމާތުދިނުމުގެ ބައްދަލުވުން ކުރިއަށްދާނީ އޮންލައިންކޮށެވެ.  މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލްކުރައްވާނީ [email protected]  އަށެވެ. މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 28 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން  ނަންނޯޓްކުރެއްވުން އެދެމެވެ.

ނަންނޯޓުކުރެއްވުމަށް ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރެޖިސްޓްރީގެ ކޮޕީ، އީމެއިލް އެޑްރެސް، މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނެ ފަރާތުގެ ނަން، އައިޑީކާޑް ނަންބަރ އަދި ގުޅޭނެ ނަންބަރ އީމެއިލްކޮށްދެއްވުން އެދެމެވެ.

މިބީލަމުގައި ބައިވެރިވާން އެދި ނަންނޯޓްކުރައްވާ ފަރާތްތަކަށް މިބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ސެޕްޓެމްބަރ 28 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް: [email protected]

21 ސެޕްޓެންބަރު 2021