ދިވެހިރާއްޖެ
ނަންބަރު: (IUL)345-CAA/345/2021/168
އިޢުލާން
ބަނދަރު ސަރަހައްދުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްތައް ނެގުމާގުޅޭ: |
މިރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެދަށުން ބަނދަރާ ގުޅިފައިވާ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބީޗްރޯޑްގައިހުރި، ރުއްގަސް ނެގުމުގެ ކުރިން އެ ރުއްގަހުގެ ވެރިފަރާތް ހޯދައި ރުކާބެހޭގޮތުން ރުކުގެ ވެރިފަރާތުން އެދޭގޮތް (ރުއް ކަނޑާލައިގެން ގެންދިޔުން ނުވަތަ ބަދަލު ލިބިގަތުން) ބަލައި އެކަން ނިންމަން ބޭނުންވެއެވެ.
ދެންނެވިފައިވާ ސަރަހައްދުގައި (ހުޅަނގުގެއިންފެށިގެން އިރުދޭމާގެއާއި ހަމައަށް) ނަންބަރ 1 އިން 11 އަށް މުށިކުލައިން މި އިދާރާއިން ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ. މި ރުއްތަކުގެ ވެރިފަރާތުން ރުކުގައި ކައުންސިލުން ޖަހާފައިވާ ނަންބަރާއި ރުކުގެ ކޯޑު ނަންބަރާއި ރަޖިސްޓްރީ ނަންބަރ ލިޔުމުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ވީމާ، ދެންނެވިފައިވާ ސަރަހައްދުގައިވާ ރުއްތަކުގެ ވެރިފަރާތްތަކުން މިއަދުންފެށިގެން 30 ސެޕްޓެމްބަރ 2021ވާ ބުރާސްފަތި ދުވަހު މެންދުރު 12:00ގެ ކުރިން މި އިދާރާއަށް ދުރުވެ ރުކުގެ މިލްކުވެރިކަން ސާފުކޮށް ރުކާބެހޭގޮތުން އެދޭގޮތެއް ނިންމެވުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ފަހުން ދެންނެވުނު ސަރަހައްދުގައިވާ ހުރިހާ ރުއްގަހަކީ ކައުންސިލްގެ ރުއްގަސްކަމަށް ކަނޑައަޅައި ރުއްގަސްނަގައި ބިން ސާފުކުރެވޭނެއެވެ. އެ މުއްދަތުގެ ފަހުން ރުކާ ބެހޭގޮތުން މުއްދަތުގެތެރޭގައި ކުރަންޖެހޭ ކަމެއް ނުކޮށްގެން ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާނުވާނެވާހަކަވެސް ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.