ތަމްރީނު
ނަންބަރު: (IUL)141-CE/141/2021/219
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 21 އޮކްޓޫބަރު 2021 12:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2021 ގައި އޮންލައިންކޮށް ބައިވެރިވުމާއި މަހާސިންތާއަށް ކަރުދާސް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2021 ގައި އޮންލައިންކޮށް ބައިވެރިވުމާއި މަހާސިންތާއަށް ކަރުދާސް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

                  ހއ، ހދ، ށ އަތޮޅުގެ މަދަނީ ޖަމްޢިއްޔާތަކަށް އަމާޒުކޮށް 24 އިން 26 އޮކްޓޯބަރ 2021 އަށް މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމަހާސިންތާގައި ރާއްޖޭގެ ހުރިހާ މަދަނީ ޖަމްޢިއްޔާތަކަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި  މިމަހާސިންތާގައި މަޝްވަރާކުރާ މައިގަނޑު ދާއިރާތަކަށް އަމާޒުކޮށް،  ކަރުދާސް ހުށަހެޅުމުގެ ފުރުޞަތުވެސް ރާއްޖޭގެ ހުރިހާ މަދަނީ ޖަމްޢިއްޔާތަކަށް ހުޅުވާލަމެވެ.

މަހާސިންތާގައި މަޝްވަރާކުރާނެ މައިގަނޑު ދާއިރާތައް

  • ތަރައްޤީގައި ޖަމްޢިއްޔާތަކުގެ ދައުރު
  • ޖަމްޢިއްޔާތަކަށް ހުރި ގޮންޖެހުންތަކާއި ފުރުޞަތުތައް
  • ޒުވާނުންނާއި ގުޅުންހުރި މައްސަލަތަކުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު
  • ހެޔޮވެރިކަމާއި އިންސާނީ ޙައްޤުތައް ނެގެހެއްޓުމާއި މިންތީގެ (ޖެންޑަރ) ހަމަހަމަކަށް ޤާއިމްކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު
  • މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކުން އަރައިގަތުމަށް އަދި ޤުދުރަތީ ދިރުންތައް ހިމާޔަތްކުރުމުގައި ޖަމްޢިއްޔާތަކުގެ ދައުރު
  • ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު
  • ޖަމްޢިއްޔާތަކުން ގުޅިގެން ހަރަކާތްތެރިވުން

 

 

 މަހާސިންތާގައި އޮންލައިންކޮށް ބައިވެރި ވުމަށް ރަޖިސްޓްރީވުން:މަހާސިންތާގައި އޮންލައިންކޮށް ބައިވެރިވާން މަދަނީ ޖަމްޢިއްޔާތަކުގެ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުން.

 

https://bit.ly/3EMkxRt

ސުންގަޑި:21 އޮކްޓޯބަރ 2021 ( ބުރާސްފަތި) ދުވަހުގެ 12:00 އަށް

މަހާސިންތާގައި ކަރުދާސް ހުށަހެޅުން:މަހާސިންތާގައި ކަރުދާސް ހުށަހެޅުމަށް ބޭނުންވާ މަދަނީ ޖަމްޢިއްޔާތަކުން، މަހާސިންތާއަށް ހުށަހަޅާ ކަރުދާސް އެކުލަވާލަންޖެހޭ މިންގަނޑާއި އެއްގޮތަށް ތައްޔާރު ކުރެއްވުމަށްފަހު [email protected]  އީމެއިލް ފޮނުވުން.

ސުންގަޑި:10 އޮކްޓޯބަރ 2021 ( އާދީއްތަ ) ދުވަހުގެ 12:00 އަށް

ނޯޓް: އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ނަންބަރު 7905784 އަށް ގުޅުއްވުން އެދެމެވެ.

21 ސެޕްޓެންބަރު 2021