މުބާރާތް
ނަންބަރު: (IUL)141-YD/141/2021/218
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 17 އޮކްޓޫބަރު 2021 00:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
" ކޮމަންވެލްތް ޔޫތު އެވޯޑްސް ފޮރ އެކްސެލެންސް އިން ޑިވަލޮޕްމަންޓް ވޯކް 2022 " އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅޭ

                        އިޢުލާން

" ކޮމަންވެލްތް ޔޫތު އެވޯޑްސް ފޮރ އެކްސެލެންސް އިން ޑިވަލޮޕްމަންޓް ވޯކް 2022 " އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

“Commonwealth Youth Awards for Excellence in Development work 2022” އަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މި އަހަރުގެ އެވޯޑަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވާ އުފެއްދުންތެރި، އުމުރުން 15 އަހަރާއި 29 އަހަރުގެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ، ސަރަޙައްދީ އަދި ޤައުމީ ގޮތުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް އެއްބާރުލުން ދިނުމާއެކު ކޮމަންވެލްތް ހަމަތަކުގެ ތެރޭގައި ހިމެނޭ ފަޤީރުކަން ނައްތާލުމާއެކު ދިމިގްރާތީ ނިޒާމު ކުރިއަރުވައި ތަރައްޤީކުރުވުމަށް ދެވޭ އެވޯޑެކެވެ.

އެވޯޑަށް ކުރިމަތިލުމުގެ ޝަރުތުތައް:

  • ކޮމަންވެލްތްގައި ހިމެނޭ ޤައުމުތަކުގެ ރައްޔިތެއް ކަމުގައިވުން.
  • އުމުރުން 15 އަހަރު ފުރި 31 ޑިސެމްބަރު 2021 އަށް 29 އަހަރު ފުރިފައިނުވުން.
  • ހިލޭ ސާބަހަށް ނުވަތަ ފަންނީ ރޮނގުން ތަރައްޤީގެ މަސައްކަތްތަކުގައި މަދުވެގެން 12 މަސްދުވަހު ބައިވެރިވެފައިވުން.
  • ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށްޓަކައި، ކޮށްފައިވާ މަސައްކަތްތަކުގެ ޓްރެކް ރެކޯޑެއް އޮތުން.

 މި އެވޯޑާއި ގުޅޭގޮތުން އިތުރު މައުލޫމާތު އަދި އޮންލައިން ނޮމިނޭޝަން ފޯމް ތިރީގައިވާ ވެބްސައިޓްއިން ލިބެން ހުންނާނެއެވެ.

 https://commonwealth-youthexcellence.awardsplatform.com

މި އެވޯޑަށް އޮންލައިންކޮށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޚަކީ 17 އޮކްޓޯބަރ 2021 އެވެ.

   ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 ސެޕްޓެންބަރު 2021