މަސައްކަތް
ނަންބަރު: (IUL)259/2021/66
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 27 ސެޕްޓެންބަރު 2021 13:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ފިނޭ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

     

ހދ.ފިނޭގެ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސައްކަތާއިގުޅޭ މަޢުލޫމާތު

  1. މަގުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތުގެ ވަޒީފާގައި ގެންގުޅެންވާނީ ދިވެހީންނެވެ.
  2. ފިނޭ ކައުންސިލުން ކަނޑައަޅާފައިވާ މަގުތައް މަދުވެގެން ހަފްތާއަކު 1 (އެކެއް) ފަހަރު ކުނިކަހާ ކުނި އުކާލުން. އަދި މަދުވެގެން މަހަކު 1 (އެކެއް) ފަހަރު މަގުތައް ވިނަ ނޮޅައި ސާފުކޮށް އައްތަވާ ޖެހުން.
  3. ކުނިއުކާލުމާއި ކުނި ނައްތާލުމުގައި ޢަމަލުކުރާނީ ފިނޭ ކައުންސިލުން ޢަމަލުކުރަމުންދާ ކުނިއުކާލުމާއި ކުނި ނައްތާލުމާއި ގުޅޭ އުސޫލުގައިވާ ގޮތަށެވެ.
  4. ފިނޭ ކައުންސިލުން ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ މަގުތައް މިއިޢުލާނާއި އެއްފަތްކޮށްފައިވާނެއެވެ.
  5. ކުނިކަހާ ސާފުކޮށް ބަލަހައްޓަން ޖެހޭ މަގުގެ އަދަދަކީ 8 (އަށެއް)
  6. މަސައްކަތުގެ މުއްދަތު: 1 އަހަރު
  7. ސާފުކުރުން ކަމުގައި ބަލަނީ މަގުތަކަށް އެޅިފައިވާ އެންމެހާ ކުންޏާއި ގައުކުޑި އަދި ފަޅާފައިވާ ވިނަ ނޮޅާ ސާފުކުރުމަށެވެ.
  8. މަގުތަކުގައި އިންދާފައިވާ ނުވަތަ ފަޅައިގެން ހެދިފައިވާ އެއްވެސް ގަހެއް ނުވަތަ ރުކެއް ކަނޑަން ވާނީ ކައުންސިލުގެ ހުއްދަލިބިގެން ކައުންސިލުން ފޮނުވާ މީހެއްގެ ހާޒިރުގައެވެ.
  9. މަގުތައް ސާފުކޮށްގެން ނަގާކުނި ކުނިކޮށްޓަށް ގެންދަންވާނެއެވެ. އަދި ގައުކުޑި ގައު އެޅުމަށް ކައުންސިލުން ކަނޑައަޅާތަނަކަށް އަޅަންވާނެއެވެ.

 

 

 

 

ކުނިކަހާ ސަފުކޮށް ބަލަހައްޓަންޖެހޭ މަގުތައް

  1. ކޮށިމަގު (ފުޅާމިން-48 ފޫޓު)
  2. އާމަގު (ފުޅާމިން-33 ފޫޓު)
  3. ކުޑައިމަގު (ފުޅާމިން-36 ފޫޓު)
  4. ދިމާމަގު (ފުޅާމިން-86 ފޫޓު)
  5. ޒިޔާރަތްމަގު (ފުޅާމިން-54 ފޫޓު)
  6. ބަނދަރު މަގުގެ ދެކުނު މަގު(ލިފްޓިންގގެ އިރުމަށްޗަށް) (ފުޅާމިން-48 ފޫޓު)
  7. ބަނދަރު މަގު (ފުޅާމިން-60 ފޫޓު)
  8. ބަނދަރު ސަރަޙައްދު

 

           މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ސެޕްޓެންބަރު 27 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާ ގަޑީގައެވެ. މިމަސައްކަތްކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި ކުލަބު ޖަމްޢިއްޔާތަކަށެވެ.

އަގު ހުށަހަޅަންވީ ގޮތް:

  • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަންދާސީ ހިސާބު ހުށައަޅަންވާނީ މަގުތަކަށް ވަކިވަކިންނެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކުރާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.
  • އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
  • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

 

 

ހދ. ފިނޭގެ މަގުތައް ކުނިކަހާ ސާފުކުރުން

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ

ހދ.ފިނޭ ދިވެހިރާއްޖެ

 

  • ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
  • ކުންފުނި/ވިޔަފާރި/ކުލަބު/ޖަމްޢިއްޔާ/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  • ކުންފުނި/ވިޔަފާރި/ކުލަބު/ޖަމްޢިއްޔާ/އިންވެސްޓްމެންޓްގެ ޕްރޮފައިލް
  • ތަޖުރިބާގެ ލިޔުންތައް
  • އަންދާސީ ހިސާބު ހުށަހަޅާ ފޯމް
  • މަސައްކަތު ތާވަލު
  • މާކްސް ދެވޭގޮތުގެ ތަފްސީލު:
  1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
  • އަގު %85
  • ތަޖުރިބާ
  1. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2021 ސެޕްޓެމްބަރ 26 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 6520027 ނުވަތަ 6528116 ށް ގުޅުއްވުން އެދެމެވެ. 

އީމެއިލް އެޑްރެސް: [email protected]

ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

         ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20 ސެޕްޓެންބަރު 2021