މަސައްކަތް
ނަންބަރު: (IUL)KRH-PLD/2021/68
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 29 ސެޕްޓެންބަރު 2021 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސާޖިކަލް ވޯޑް އޭރިޔާ ފުރާޅުނަގައި ހީޓް އިންސިލޭޝަން ލައްވާ އަލުން ޓިނުޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ސާޖިކަލް ވޯރޑް އޭރިޔާ ފުރާޅުނަގައި ހީޓް އިންސިލޭޝަން ލައްވާ އަލުން ޓިނުޖެހުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށް ފަހު 20 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުން ފެށިގެން 29 ސެޕްޓެންބަރު 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގެ ސޮފްޓް ކޮޕީ ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. މައުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ހޮސްޕިޓަލު މީޓިންގ ރޫމް ގައެވެ.

 މައުލޫމާތު ސާފުކުރުން

30 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި

  • އަންދާސީ ހިސާބު ހުށަހެޅުން

10 އޮކްޓޫބަރު 2021 ވާ އާދީއްތަ ދުވަހުގެ 10:30 ގައި

 ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

20 ސެޕްޓެންބަރު 2021