ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)356/356/2021/37
                    ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2021
                    ޕަބްލިޝްކުރި ގަޑި:  12:58
                                            ސުންގަޑި: 
                            30 ސެޕްޓެންބަރު 2021 00:00
                        
                    
                އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯ ފަރުމާކުރަން ބޭނުންވެއްޖެ
                                މިކައުންސިލްއަށް ލޮގޯއެއް ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތަށް ހުށައެޅޭ ލޯގޯގެ ތެރެއިން ހޮވާލެވޭ އެންމެ ރީތި ލޯގޯއަކަށް (ކައުންސިލަށް ޤަބޫލުކުރެވޭ ފެންވަރުގެ) -/3000ރ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ކަންތައްތަކަށް ސަމާލުކަންދީގެން ލޯގޯ ފަރުމާކުރުމަށްފަހު 2021 ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- އދ. މާމިގިލި ރަމްޒުކޮށްދީނުމާއެކު ފެހުރިހި (ވޭލްސަރކް) ރަމްޒުކޮށްދޭންވާނެ
- ލޯގޯގެ ކުލަތައް ކަނޑައަޅާނީ ލޯގޯ ފަރުމާކުރާ ފަރާތުން
- ލޯގޯއާއެކު ލޯގޯގައި ބޭނުންކޮށްފައިވާ ކުލަކޯޑް ހުށައަޅަންވާނެ
- އެއްވެސް ތަނެއްގައި ބޭނުންކުރާ ކޮޕީއެއްކަމުގައި ވެގެން ނުވާނެ
- ލޯގޯގެ ހާޑް ކޮޕީއާއި ސޮފްޓްކޮޕީ (ކޮރަލް ފައިލާއި ފޮޓޯޝޮޕް ފައިލް) [email protected] މެއިލްކުރަންވާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
20 ސެޕްޓެމްބަރ 2021
                20 ސެޕްޓެންބަރު 2021