ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)472/1/2021/69
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 29 ސެޕްޓެންބަރު 2021 11:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މިނިސްޓްރީއަށް ބޭނުންވާ ފޮޓޯ ކޮޕީ މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީއަށް ބޭނުންވާ ފޮޓޯކޮޕީ މެޝިން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 29 ސެޕްޓެމްބަރު 2021 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޗަނބޭލީ ވިލާ (ކުރީގެ ސްޓާ ސިނަމާ ބިލްޑިންގ)، މަޖީދީމަގު، 03 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައަޅާފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

20 ސެޕްޓެންބަރު 2021