ނީލަން
ނަންބަރު: (IUL)306/306/2021/38
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 06 އޮކްޓޫބަރު 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރަސްމާދޫ ސަންރައިޒް ފިޔުލްސެންޓަރގެ ތެޔޮޓޭންކް ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވެއްޖެއެވެ.

އިޢުލާން

 

     މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރަސްމާދޫ ސަންރައިޒް ފިޔުލްސެންޓަރގެ ތެޔޮޓޭންކް ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވެއްޖެއެވެ.

1

ތެޔޮ ޓޭންކް

ކޮންޑިޝަން: ބޭނުންކުރެވޭ ހާލަތުގައި (އެއްވެސް ލީކެއްނެތް )

ނީލަން ފެށޭއަގު : 50000.00 (ފަންސާސްހާސް ރުފިޔާ) 

 

 

 

 

ނީލަން ހުށަހެޅުމާއި ހުޅުވުން: 

             ނީލަން ހުޅުވާލެވޭނީ 23 ސެޕްޓެމްބަރ 2021  ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 10 ދުވަހުގެ މުއްދަތަކަށެވެ. ނީލަން ހުށައަޅަންޖެހޭ ގަޑިއަކީ ބަންދު ނޫން ކޮންމެ ދުވަހަކު 9:00 ން 13:00 އަށެވެ . ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/1000 ރުފިޔާ އެވެ.

ރަސްމީ ތިން ދުވަހު ޖެހިޖެހިގެން އެއްއަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިމިގެންދާނެއެވެ . ނީލަން ހުށައަޅާނީ [email protected]  އަށް މެއިލްގެ ޒަރީޢާއިންނެވެ. ކޮންމެ ދުވަހަކުވެސް ހުށައެޅިފައިވާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގައި ނީލަން ހުށައަޅުއްވާ ފަރާތްތަކަށް ރިޕްލައި މެއިލްގެ ޒަރީޢާއިން އެންގޭނެއެވެ. އެފަރާތަކުން އަގު ހުށައަޅަފައިވާ މެއިލްއަށް ރިޕްލައިކޮށް އެދުވަހުގެ އެންމެމަތީ އަގު މެއިލް ކުރުމުން އެފަރާތަކަށް އެންގުނީކަމުގައި ބެލޭނެއެވެ. އަގު ހުށަހަޅުއްވާނީ މިއިޢުލާނާއެކު އެޓޭޗް ކޮށްފައިވާ އަގު ހުށަހަޅާ ފޯމުފުރިހަމަ ކުރުމަށްފަހު އެފޯމުންނެވެ.  

ނީލަން އެވޯޑުކުރެވޭނީ އެންމެ މަތިން އަގު ހުށަހަޅުއްވާ ފަރާތަށެވެ. ނީލަން އެވޯޑު ކުރެވޭތާ 2 ދުވަހުގެ ތެރޭގައި ރަސްމާދޫ ކައުންސިލް އިދާރާއަށް ފައިސާ ދައްކާ ޚަލާސް ކުރައްވަން ވާނެއެވެ. ތަކެތި ގެންދެވޭނީ ފައިސާ ދައްކާ ޚަލާސްކުރުމަށް ފަހުއެވެ.

ފައިސާ ދެއްކެވުމަށްފަހު، 15 ދުވަސް ތެރޭ ތަކެތި ގެންގޮސް ތަން ހުސްކުރަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9944231 ނުވަތަ 7752201 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

19 ސެޕްޓެންބަރު 2021

19 ސެޕްޓެންބަރު 2021