ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2021/107
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:41
ސުންގަޑި: 18 އޮކްޓޫބަރު 2021 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ތިނަދޫ ހިރިހަމައިދި މަގުގެ ދެކުނުފަރާތަށް އޮންނަ މަގު ހެދުމާގުޅޭ

އިޢުލާން

 

ގދ. ތިނަދޫ ހިރިހަމައިދި މަގުގެ ދެކުނުފަރާތަށް އޮންނަ މަގު ހެދުމަށް ބޭނުންވާތީ ، ތިޔަ ފަރާތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް ތަކެއްޗެއް (އުފުލޭ މުދަލެއް) އެ މަގުގައިވާނަމަ މިއަދު 19 ސެޕްޓެމްބަރ 2021  ވަނަ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި އެތަކެތި އެތަނުން ނަގައި އެ މަގު ސާފު ކޮންދިނުން އެދެމެވެ. އިސްވެ ދެންނެވިފައިވާ މުއްދަތުގައި މި ތަކެތި ނުނަގައިފިނަމަ، މި އިދާރާއިން އެކުލަވާފައިވާ ޤަވާޢިދު ނަމްބަރ  2014/R-199  ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ތަކެއްޗާއިމެދު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ޢަމަލު ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.

19 ސެޕްޓެންބަރު 2021