ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2021/101
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 07:37
ސުންގަޑި: 23 ސެޕްޓެންބަރު 2021 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާޓްސް އަދި ކަލްޗަރަލް ޕެސްޓިވަލުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާބެހޭ

ޤައުމީ ދުވަހާއި ގުޅުވައިގެން 03 ދުވަހުގެ މުއްދަތަށް އާޓްސް އަދި ކަލްޗަރ ފެސްޓިވަލެއް އިންތިޒާމް ކުރުމުގެ މަސައްކަތް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ދަނީ ކުރައްވަމުންނެވެ. މިފެސްޓިވަލްގެ ހަރަކާތްތައް ބާއްވަން ގަސްތުކުރައްވާފައިވަނީ މާލޭގައެވެ.

މި ފެސްޓިވަލްގައި މިއުޒިކާއި، ނެށުމާއި، ސަޤާފީ ހަރަކާތްތަކާއި އަދި ރަށުގެ ނަމުގައި ހުށަހެޅުމާއި އަދި އުފެއްދުންތެރިކަމުގެ ތަކެތި ވިއްކުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، މިފެސްޓިވަލްގައި ކުޅުދުއްފުށީ ސިޓީން މިއުޒިކާއި، ނެށުމާއި، ސަޤާފީ ހަރަކާތްތަކާއި އަދި އުފެއްދުންތެރިކަމުގެ ތަކެތި ބައިވެރި ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6528831 ފޯނަށް ގުޅުއްވައި ނަންނޯޓް ކުރެއްވުން އެދެމެވެ.  ނުވަތަ ތިރީގައި އެވާ ލިންކާއި ކިއު އާރު ކޯޑު ބޭނުންކުރައްވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމަވެ.

 

 މި ފެސްޓިވަލަށް ކުޅުދުއްފުށިން ބޮޑު ތަރުހީބެއް ބޭނުންވާވާހަކަ މިފުރުޞަތުގައި ދަންނަވަމަވެ.

19 ސެޕްޓެންބަރު 2021