ދިވެހިރާއްޖެ
އިޢުލާން
އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، (90) ނުވަދިހަ ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކުރެވޭ ޤައުމުތަކުގެ ލިސްޓް ޢާންމުކުރުން
ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް ގެނެވުނު 4 ވަނަ އިސްލާހުގެ 33 ވަނަ މާއްދާގެ (ނ) މިމިނިސްޓްރީން ޤަބޫލުކުރާ ޤައުމުތަކުން ދޫކޮށްފައިވާ ޞައްޙަ ލައިސަންސެއް އޮތް މީހުންނަށް، އެ ލައިސަންސް އޮތްހާ ހިނދަކު، މި ޤާނޫނުގެ ދަށުން އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، (90) ނުވަދިހަ ދުވަހަށް ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި، އެ ޤައުމެއްގެ ލައިސަންސް ،މިމިނިސްޓްރީން ޤަބޫލުކުރާނެ ޤައުމުތަކުގެ ލިސްޓް ތިރީގައި އެވަނީއެވެ.
|
# |
ޤައުމުގެ ނަން |
|
1 |
އަފްޣާނިސްތާން |
|
2 |
ބޫޓާން |
|
3 |
އިންޑިޔާ |
|
4 |
ނޭޕާލް |
|
5 |
ޕާކިސްތާން |
|
6 |
ސްރީލަންކާ |
|
7 |
ބުރުނައީ |
|
8 |
ކެމްބޯޑިއާ |
|
9 |
އިންޑޮނީޝިއާ |
|
10 |
ލާއޯސް |
|
11 |
މެލޭޝިއާ |
|
12 |
މިޔަންމަރ |
|
13 |
ފިލިޕީންސް |
|
14 |
ސިންގަޕޯރ |
|
15 |
ތައިލެންޑް |
|
16 |
ވިއެޓްނާމް |
|
17 |
ޖަޕާން |
|
18 |
ޔުނައިޓެޑް ކިންގްޑޮމް |
|
19 |
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ |
|
20 |
ޗައިނާ |
|
21 |
ޔުނައިޓެޑް އެރެބް އެމިރެޓްސް |
|
22 |
ސްވިޓްޒަރލެންޑް |
|
23 |
ސަޢުދީ ޢަރަބިޔާ |
|
24 |
ބެލްޖިއަމް |
|
25 |
ޖަރމަނީ |
|
26 |
ބަގްލަދޭޝް |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޞަފަރު 1443
19 ސެޕްޓެމްބަރ 2021