ބީލަން
ނަންބަރު: (IUL)271-CA/271/2021/35
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 30 ސެޕްޓެންބަރު 2021 00:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިޔުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއްހޯދުމަށް

އިޢުލާން

ސެކިޔުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއްހޯދުމަށް

 

މިކައުންސިލުންދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިއިދާރާގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2021 (އާދިއްތަ) ދުވަހުގެ 10:00ން ފެށިގެން 28 ސެޕްޓެމްބަރ 2021 (އާދީއްތަ) ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

https://docs.google.com/forms/d/1gv8ttaFvpghT7lNfJBjlgMaQIksvB3U-khm6_U7UtXY/edit

އިތުރު މަޢުލޫމާތު:

މިމަސައްކަތާއި ގުޅޭ އެންމެހައި މަޢުލޫމާތު ކަރުދާސް، ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް އިތުރު މަޢުލޫމާތެއް ބޭނުންވެލައްވާނަމަ އިދާރާގެ ފޯނަށް 6540041 ގުޅުއްވައި، ނުވަތަ އީމެއިލް ކުރައްވާއި 29 ސެޕްޓެމްބަރ 2021 ވާ (ބުދަ) ދުވަހުގެ 14:00ގެ ކުރިން މައުލޫމާތު ސާފްކުރެއްވުން އެދެމެއެވެ. އިދާރާގެ އީމެއިލް އެޑްރެސް [email protected] ކަމުގައި ދަންނަވަމެއެވެ. މިބީލަމާއިގުޅިގެން މަޢުލޫމާތު ދިނުމުގެ ވަކި ބައްދަލުވުމެއް ނޯންނާއެވެ.

 

ބީލަން ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 30 ސެޕްޓެމްބަރ 2021ވާ (ބުރާސްފަތި) ދުވަހުގެ 12:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

 

 

 

 

12 ޞަފަރު    1443

19 ސެޕްޓެމްބަރ 2021

 

09 ސެޕްޓެންބަރު 2021