މަސައްކަތް
ނަންބަރު: (IUL)113-PD/1/2021/82
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 23 ސެޕްޓެންބަރު 2021 13:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، އެމް.ޕި.އެލްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި ޕަވަރ ހައުސްއެއް ޑިޒައިންކޮށް ކޮންސްޓްރަކްޓް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، އެމް.ޕި.އެލްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި ޕަވަރ ހައުސްއެއް ޑިޒައިންކޮށް ކޮންސްޓްރަކްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

      ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މައުލޫމާތު ސާފްކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މައުލޫމާތު ސާފުކުރުމާއި ރަޖިސްޓަރީވުން

23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފުރުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތާއި ސައިޓް އިންސްޕެކްޝަން ބާއްވާ ތާރީޚާއި ލޮކޭޝަން އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 03 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އެމްޕީއެލް ހެޑްއޮފީހަށް

ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

 

            ސައިޓް އިންސްޕެްޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

19 ސެޕްޓެންބަރު 2021