ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)271-ESMS/271/2021/34
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:03
ސުންގަޑި: 14 އޮކްޓޫބަރު 2021 13:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނުގެ ޙިދުމަތް ޤާއިމްކުރުމުގެ މަޝްޜުޢޫގެ ދަށުން ގޭގެއަށް ކަނެކްޝަން ގުޅައިދިނުމުގެ އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ފެނުގެ ޙިދުމަތް ޤާއިމްކުރުމުގެ މަޝްޜުޢޫގެ ދަށުން ގޭގެއަށް ކަނެކްޝަން ގުޅައިދިނުމުގެ އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

 

ށ.ކަނޑިތީމުގައި ފެނުގެ ޙިދުމަތް ޤާއިމްކުރުމުގެ މަޝްޜޫޢުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައެވެ. މި މަޝްޜޫޢުގެ ދަށުން ފެނުގެ ކަނެކްޝަން ގޭގެއަށާއި އެހެނިހެން ތަންތަނަށް ގުޅައިދިނުމަށް ހަމަޖެހިގައިވަނީ އެކަމަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މެދުވެރިކޮށެވެ. އދި ހިދުމަތަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމުގައި ޢަމަލު ކުރުމަށް ހަމަޖެހިފައިވަނީ ޤަވާއިދު ނަންބަރު 2020/R-10" މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫތަކުގެ ތެރެއިން ފެނުގެ ހިދުމަތް      ދިނުމުގެ މަޝްރޫތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޙިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޙިދުމަތް ނުވަތަ ނަރުދަމާގެ ޙިދުމަތްތައް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤާވާއިދު" ގައިވާ ގޮތުގެ މަތިންނެވެ.

1- ޤަވާއިދު ނަންބަރު 2020/R-10 ގެ ދަށުން ރައްރަށުގައި ހިންގާ ފެނުގެ ޙިދުމަތް ދިނުމުގެ މަޝްރޫޢު ތަކުގެ ދަށުން ފީއަކާއި ނުލައި ފެން މީޓަރު ގުޅައިދެވޭނީ ތިރީގައިވާ ގިންތިތަކުގައި ހިމެނޭ ތަންތަނަށެވެ.

  • ރަޖިސްޓަރީ ކޮށްފައިވާ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ނުވަތަ ވަކިން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އެޕާޓްމަންޓަކަށް 1 (އެކެއް) ކަނެކްސަން.
  • ރަޖިސްޓަރީ ކޮއްފައިވާ،އާންމު ހިދުމަތްދޭ ހޮޓާ،ކެފޭ،ރެސްޓޯރެންޓް ފަދަ ކޮންމެ ރަނަކަށް 1 (އެކެއް) ކަނެކްޝަން.
  • ރަޖިސްޓަރީ ކޮއްފައިވާ ވިޔަފާރިތަކަށާއި ސިނާޢީ މަސައްކަތްކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްޝަން.
  • ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި، މިސްކިތްތަކާއި ޞިއްޙީ ޙިދުމަތްދޭ ތަންތަނާއި،އިޖްތިމާއީ ބޭނުންތަކަށް ބޭނުންކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްޝަން.
  • ރަށުގެ ބަނދަރު ސަރަޙައްދަށް 1 (އެކެއް) ކަނެކްޝަން.
  • ޢާންމު ފާޙާނާތައް ސާރވޭ ކުރުމަށްފަހު އެ ދިޔާރު ޢައްޔަންކުރާ އިންޖީނިޔަރު ކަނޑައަޅާ އަދަދަށް.
  • މީހުން ދިރިއުޅުނަސް ނުވަތަ ނޫޅުނަސް ގޯތީގައި ޢިމާރާތްކޮށް، ހިޔާކޮށްފައިވާ ކޮންމެ ޢިމާރާތަކަށް 1 (އެކެއް) ކަނެކްޝަން.
  • ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާ ތަންތަން ސާރވޭ ކުރުމަށްފަހު އެދިޔާރު ޢައްޔަނުކުރާ އިންޖިނިޔަރު ކަނަޑައަޅާ އަދަދަށް.

ހިދުމަތައް އެދި ފޯމު ހުށަހަޅާއިރު ފޯމާއިއެކު ތިރިގައިވާ ލިޔުންތަށް ހުށަހަޅަންވާނެއެވެ.އެއްވެސް ލިޔުމެއް ހުށަނާޅާނަމަ    ފޯމު ބަލައިނުގަނެވޭނެއެވެ.

  • އިމާރާތުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • އިމާރާތުގެ ފެރިފަރާތް ނިޔާވެފައިވާނަމ، ޝަރުޢީގޮތުން ކަނޑައަޅާފައިވާ ވާރުތަވެރިޔާ ނުވަތަ ވާރުތަވެރިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • އިމާރާޓުގެ ރަޖިސްޓަރީ ކޮޕީ.
  • އެއްވެސް ސަބަބަކާއި ހުރެ،ގެ ނުވަތަ ގޯތި ބެހުމުގެ މައްސަލަ ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވާނަމަ، އެކަން ސާބިތުކޮއްދޭ ޝަރުޢި ކޯޓެއްގެ ލިޔުން.
  • ވިޔަފާރިއެއް ނުވަތަ ސިނާޢީ މަސެއްކަތެއްކުރާތަނެއްގެ ދަށުން ހުށަހަޅާނަމަ، ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ.
  • ރަޖިސްޓަރީ ކޮށްފައިވާ، މީހުން ދިރިއުޅޭ ކޮންމެ ގެއަކުން ނުވަތަ ވަކިން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އެފާޓްމަންޓަކުން ހުށަހަޅާނަމަ އެޕާޓްމަންޓް ނުވަތަ އެބައިގެ ރަޖިސްޓަރީގެ ކޮޕީ.

 

ވީމާ، މަތީގައިވާ ޤަވާއިދާއި އެއްގޮތައް ފެނުގެ ޙިދުމަތައް އެދޭ އެޕްލިކޭޝަން ފޯމު  ހުށަހެޅުމުގެ ފުރުޞަތު 91 ސެޕްޓެމްބަރ 2021 ން 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ. ފެނުގެ ހިދުމަތައް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ފޯމް ދޫކުރުމާއި ބަލަގަތުމަށް ހަމަ ޖެހިފައިވާ ގަޑިތަކަކީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 13:00 އަށެވެ.

 

12 ޞަފަރު 1443

19 ސެޕްޓެމްބަރ 2021

19 ސެޕްޓެންބަރު 2021