ދިވެހިރާއްޖެ
މިއޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.
ޢަދަދު |
އައިޓަމް |
40 |
އެގްޒެކެޓިވް މީޑިއަމް ބެކް ޗެއަރ |
40 |
ކޮންފަރެންސް ޗެއަރ |
މި ދެންނެވުނު ތަކެތި ފޯރުކޮށްދިނުމަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތަކަށް ޕޮއިންޓު ދޭނެ އުޞޫލާއި، ބިޑާއި ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި މައުލޫމާތު ތިރީގައި މިވާ މި އޮފީހުގެ ވެބްސައިޓުގެ ލިންކުންވެސް ލިބިވަޑައިގަންނަވާނެއެވެ.
މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2021 ސެޕްޓެމްބަރު 23 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން[email protected] އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 2021 ސެޕްޓެމްބަރު 27 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.