މަސައްކަތް
ނަންބަރު: (IUL)232-AG/232/2021/9
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 17:02
ސުންގަޑި: 30 ސެޕްޓެންބަރު 2021 13:00
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ތަކުގެ ފައިނޭންޝިއަލް އަދި މެނޭޖްމެންޓް އޮޑިޓް ކުރުމަށް ބިޑް ހުށަހެޅުން

ކ. އަތޮޅު ކައުންސިލާއި ކ.އަތޮޅުގެ ނުވަ ރަށު ކައުންސިލްގެ އޮޑިޓު ކޮށްދޭނެ އޮޑިޓު ފާމެއް ބޭނުންވެއްޖެވެ. މި ކައުންސިލް ތަކުގެ ނަންތަށް ތިރީގައި ލިސްޓު ކުރެވިފައިވާނެވެ.

ކައުންސިލްތަތަކުގެ ފައިނޭންޝިއަލް އަދި މެނޭޖުމެންޓު އޮޑިޓްތަކެއް ކުރުމަށް  ބިޑް ހުށަހަޅާ އޮޑިޓް ފާމްތަކުގައި ތިރީގައި މިވާ ޝަރުތުތައް ހުންނަންވާނެއެވެ.

  1. އޮޑިޓް ކުރުމަށް  ބިޑް ހުށަހަޅާ ފާމަކީ ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓް ކުރުމާއި އެޝުއަރެންސްގެ ޚިދުމަތް ދިނުމުގެ ގަވާއިދު (ނަންބަރ:  (2021-R3)ދަށުން ދިވެހިރާއްޖޭގެ ޤާނޫނީ އޮޑިޓް ކުރުމާއި އެޝުއަރެންސް ޚިދުމަތް ދިނުމުގެ ލައިސެންސް އޮންނަ ފާމެއް ކަމުގައި ވާންވާނެއެވެ.
  2. އޮޑިޓް ފާމަކީ ކައުންސިލްތަކުގެ އޮޑިޓު ކުރުމުގެ ތަޖުރިބާ ހުރި ފާމަކަށް ވާންނާނެވެ.
  3. އޮޑިޓް ފާމަކީ ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭން ތައްޔާރުކޮށް، ފައިނޭނޝިއަލް ޕްލޭންތައް ރިވިއު ކޮށް އަދި އެފަދަ އެހެނިހެން ކޮންސަލްޓެންސީ މަސައްކަތުގެ ތަޖުރިބާ ހުރި ފާމަކަށް ވާންވާނެވެ.
  4.  އޮޑިޓު ކުރުމަށް ހުށަހަޅާ ފާމް ތަކުގެ ތެރެއިން ފާމުގެ ޕާޓްނަރުންގެ ތެރެއިން ޕާޓްނަރުންނަކީ ދިވެހި ރައްޔިތެއް ކަމުގައިވާނަމަ އެފަދަ ފާމްތަކަށް އިސްކަން ދެވޭނެވެ.
  5. މީގެ އިތުރުން އޮޑިޓްކުރަން ހުށަހަޅާ ފާމަކީ، އެ ފާމެއްގައި

ISQC 1-“Quality Controls for Firms that Perform Audits and Reviews of Financial Statements, and Other Assurance and Related Services Engagements” 

އިމްޕްލިމެންޓް ކޮށްފައިވާ ފާމަކަށް ވާންވާނެއެވެ.  

  1. މި އޮޑިޓް ކުރުމަށް ބިޑް ހުށަހެޅޭނީ މިބިޑްގައި ބައިވެރިވެވުމަށް  ޝައުޤުވެރިވެ ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެފަހު ތާރީޚަކީ 23 ސެޕްޓެމްބަރ 2021 ( ބުރާސްފަތި ) ދުވަހުގެ 14.00 ގެ ކުރިންނެވެ. ރަޖިސްޓްރީ ކުރަމުން ގެންދާ ފަރާތްތަކުން މިބިޑާއިބެހޭ އެއްވެސް މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުނަމަ މިއިދާރާގެ ([email protected]) އީމެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށްފަހު ބިޑާއިބެހޭ މަޢުލޫމާތު ސާފު ކުރައްވަން ބޭނުންވާނަމަ 27 ސެޕްޓެމްބަރ 2021 ( ހޯމަ ) ދުވަހުގެ ނިޔަލަށް މައުލޫމާތު ފޯރުކޮށް ދެވޭނެއެވެ. މިގޮތުން މިމައުލޫމާތު ފޯރުކޮށް ދެވޭނީ އީ މެއިލް މެދުވެރިކޮށެވެ.
  2. ބިޑް ކާމިޔާބުކުރާ ފަރާތަކުން އެރަށެއްގައި މަސައްކަތް ކުރައްވާއިރު އެރަށެއްގައި އޮޑިޓް ކުރައްވަން އުޅުއްވާ ހުރިހާ ބޭފުޅުންގެ ހުރުމުގެ ޚަރަދާއި ފަރިއްކޮޅު އަދި އިތުރަށް ހިނގާ ޚަރަދު ބަލަހައްޓަވަންވާނީ އެބިޑް ކާމިޔާބުކުރާ ފަރާތަކުންނެވެ.
  3. ބިޑް ހުށަށެހެޅުން އޮންނާނީ 30ސެޕްޓެމްބަރ 2021 ( ބުރާސްފަތި ) ދުވަހުގެ 13.00 ގައި މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ.
  4. ސުންގަޑި ހަމަވުމަށްފަހު އަންނަ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެއެވެ.
  5. ބިޑް ހަވާލު ކުރުމުގައި އިސްކަންދެވޭނީ ނުވަ ރަށު ކައުންސިލް އަދި މާލެ އަތޮޅު ކައުންސިލް އިދާރާ ހިމެނޭ ގޮތަށް އެއްކޮށް ބިޑް ހުށހަޅާ ފަރާތްތަކަށެވެ. ނަމަވެސް އަގު ހުށަހަޅާއިރު، ކޮންމެ ކައުންސިލް އިދާރާއެއް ވަކިން އަގު ހުށަހަޅަންވާނެވެ.

ނޯޓް: ކައުންސިލްތައް އޮޑިޓް ކުރުމަށް ބިޑް ހުށަހަޅާ ފާމްތަކުގެ ތެރެއިން، މަތީގައި ބަޔާން ކުރެވުނު ޝަރުތުތައް ފުރިހަމަ ނުވާ އޮޑިޓް ފާމުތަކުގެ ބިޑްތައް ބާތިލް ކުރެވޭނެއެވެ.

 

ބިޑް ޕްރޮޕޯސަލް ހުށަހަޅާއިރު ތިރީގައިވާ ބައިތައްހިމަނަން ވާނެއެވެ.

ކޮންމެ ފާމެއްވެސް ބިޑްކުރަން ޖެހޭނީ ތިރީގައި ލިސްޓު ކުރެވިފައިވާ ކައުންސިލްތަކުގެ އޮޑިޓް ކުރުމަށެވެ. އަދި  ބިޑް ޕްރޮޕޯސަލް ހުށަހަޅާއިރު އެ ޕްރޮޕޯސަލްގައި ތިރީގައިވާ ބައިތައްހިމަނަން ވާނެއެވެ.

 

  1. ފާމުގެ ކުރު ތަޢާރަފެއް (ބެކްގްރައުންޑް)
  1. އޮޑިޓް ޕާރޓްނަރުންގެ ވަނަވަރު (އެ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި، އޮޑިޓް ކުރުމުގެ ތަޖުރިބާއާބެހޭ މަޢުލޫމާތު ހިމަނައިގެން)
  2. ފާމުގައި ވަޒީފާ އަދާކުރާ ދާއިމީ މުވައްޒިފުންގެ  ވަނަވަރު (އެ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި، އޮޑިޓް ކުރުމުގެ ތަޖުރިބާއާބެހޭ މަޢުލޫމާތު ހިމަނައިގެން)
  3. އޯވަރޯލް އޮޑިޓް ސްޓްރެޓެޖީ ( 9 ކައުންސިލްގެ އޮޑިޓް ކުރުމަށް ރޭވިފައި ނުވަތަ ކަނޑަ އެޅިފައިވާ ގޮތް)
  4. އެންގޭޖްމަންޓް މެނޭޖްމެންޓް

 

 i. އޮޑިޓް ޓީމް އެކުލެވިގެންވާ ގޮތް

 ii. އޮޑިޓް ޓީމުގެ އޮޑިޓް ޕާޓްނަރ، މެނޭޖަރ އަދި އެހެނިހެން އޮޑިޓް ސްޓާފުން

 iii. އެވްރެޖްކޮށް ކޮންމެ ކައުންސިލަކަށް ހޭދަވާނެކަމަށް ލަފާކުރާ ވަގުތު (ގަޑިއިރުން)

 v. ކައުންސިލް އޮޑިޓުގެ ކޮލިޓީ ހިފެހެއްޓުމުގެ އޮނިގަޑު ރޭވިފައިވާ ގޮތް

 

ނޯޓް: ބިޑް ޕްރޮޕޯޒަލް އިނގިރޭސި ބަހުން ހުށަހެޅިދާނެއެވެ.

މާކްސް ދިނުމުގައި ބަލާނެ މިންގަޑުތައް

 

އަގު

30%

ކައުންސިލް އޮޑިޓު ކުރުމުގެ ތަޖުރިބާ

25%

ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭންގެ މަސައްތަކަތާއި ގުޅުންހުރި ތަޖުރިބާ

20%

އިންޓާނަލް އޮޑިޓު އަދި މެނޭޖްމެން ކޮންސަލްޓެންސީގެ ތަޖުރިބާ

10%

މަސައްކަތްކޮށް ނިންމޭނެ އެންމެކުރު މުއްދަތު

15%

އޮޑިޓް ކުރުމަށް ހުޅުވާލާ ކައުންސިލްތައް

 

  1. މާލެ އަތޮޅު ކައުންސިލް އިދާރާ
  2. ތުލުސްދޫ ކައުންސިލް އިދާރާ
  3. ގުރާދޫ ކައުންސިލް އިދާރާ
  4. މާފުށި ކައުންސިލް އިދާރާ
  5. ގުޅި ކައުންސިލް އިދާރާ
  6. ހިންމަފުށި ކައުންސިލް އިދާރާ
  7. ހުރާ ކައުންސިލް އިދާރާ
  8. ދިއްފުށީ ކައުންސިލް އިދާރާ
  9. ގާފަރު ކައުންސިލް އިދާރާ
  10. ކާށިދޫ ކައުންސިލް އިދާރާ

                  09   ޞަފަރު 1443 

                  16 ސެޕްޓެމްބަރ 2021                             

 

16 ސެޕްޓެންބަރު 2021