ދިވެހިރާއްޖެ
އިޢުލާން ނަމްބަރ: IUL-D/423/2021/ 30
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތ
ފަރެސްމާތޮޑާގައި ސްލިޕްވޭއެއް ހެދުމަށް ޚާއްސަކޮށްފައިވާ 60000 އަކަފޫޓު ބިމުގައި އެންވަޔަރމަންޓް އިންޕެކްޓް އެސެސްމަންޓް ހެދުމަށްފަހު ސްލިޕްވޭ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް އަންދާޒީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.