ބީލަން
ނަންބަރު: (IUL)341-ADMN/341/2021/43
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 27 ސެޕްޓެންބަރު 2021 12:00
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް ބޭނުންވާ ބައެއް ފަރުނީޗަރު އަދި އިލެކްޓްރޮނިކް ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އއ. އުކުޅަހު ކައުންސިލް އިދާރާއަށް ބޭނުންވާ ބައެއް ފަރުނީޗަރު އަދި އިލެކްޓްރޮނިކް ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                                   ވީމާމިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

               ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް  ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީވުން 19 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 27 ސެޕްޓެމްބަރ 2021 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ދުވާލު 10:00 އާއި 12:00 އާއި ދެމެދު މި އިދާރާގައި ކުރިއަށް ދާނެއެވެ. ބިޑްގައި ރަޖިސްޓްރީކުރެއްވުމަށް މިއިދާރާއަށް ވަޑައިނުގެންނެވޭ ފަރާތްތަކުން އިސްވެދެނެވުނު ގަޑީގައި މި އިދާރާގެ ރަސްމީ ނަންބަރަށް (6660536) ގުޅުއްވުމުން ނުވަތަ މިއިދާރާއަށް އީމެއިލް  ([email protected])  ކުރެއްވެވުމުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.

               މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ.

                ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ސެޕްޓެންބަރު 2021