ނޫސްބަޔާން
ނަންބަރު: HDFC/PR/2014/03
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2014
ޕަބްލިޝްކުރި ގަޑި: 2043
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
މުރާބަހާ ފައިނޭންސިންގ ފެސިލިޓީއާބެހޭ

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) އަމްނާ އިން އިސްލާމިކް އުސޫލުން ގެދޮރު މަރާމާތުކުރުމަށްޓަކައި މުރާބަހާ ފައިނޭންސިންގ ފެސިލިޓީއެއް ވަނީ ތައާރަފް ކޮށްފައެވެ.

މި ފެސިލިޓީއަކީ ގެދޮރު މަރާމާތުކުރުމަށް ބޭނުންވާ މުދާ އަދި ފަރުނީޗަރު ފޯރުކޮށްދޭ ފަރާތްތަކުން އެޗްޑީއެފްސީއިން މި ތަކެތި ގަތުމަށްފަހު، ފެސިލިޓީއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެޗްޑީއެފްސީއިން މިތަކެތި ދޫކުރުމަށްޓަކައި ތައާރަފް ކުރެވިފައިވާ ފެސިލިޓީއެކެވެ. މިގޮތުން ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން 5 އަހަރުތެރޭ ފައިސާ ދައްކައި ޚަލާޞްކުރާ ގޮތަށް މިފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވަނީ 50،000ރ އާއި 200،000ރ އާ ދެމެދުގެ އަގަށްވާ މުދަލެވެ.  

މި ފެސިލިޓީއަށް އެދި ހުށަހަޅާ ފޯމު އެޗްޑީއެފްސީ ގެ ވެބްސައިޓް (www.hdfc.com.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ފެސިލިޓީއާގުޅޭ އިތުރު މައުލޫމާތު އެޗްޑީއެފްސީގެ ފޯނު ނަންބަރު 3338810 އަށް ގުޅުއްވައިގެން ނުވަތަ އެޗްޑީއެފްސީއަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. 

2014-06-24