ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-ED/438/2021/257
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:38
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހަކަތަ ސަމަކާރަ ލޭބަލިންގ ޕްރޮގްރާމު – "ހަކަތަރި"

ކަރަންޓު ބޭނުންކުރާ އާލާތްތަކުގައި ހުންނަ ހަކަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނެ ލޭބަލު ޖެހުމުގެ ޕްރޮގްރާމު، "ހަކަތަރި" ގައި ބައިވެރިވުމަށް ޝައުގުވެރިވާ، ރާއްޖެއަށް ކަރަންޓު ބޭނުންކުރާ އާލާތްތައް އެތެރެކުރާ ފަރާތްތަކަށް ދައުވަތު އަރުވަމެވެ.

މި ޕުރޮގުރާމުގެ މަޤްޞަދަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ބޭނުންކުރާ ސާމާނަކީ ވަކި ފެންވަރެއްގެ، ޚާއްޞަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަޤީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ އިންތިޒާމުތަކެއް ޤާއިމުކުރުމެވެ. މި ޕްރޮގްރާމުގެ ދަށުން ކަރަންޓު ބޭނުންކުރާ އާލާތްތަކުގައި ހަރުކުރާ ލޭބަލަކީ ކަރަންޓު މަދުންބޭނުންކުރާ އާލާތްތައް ފަސޭހައިން ދެނެގަނެ އެފަދަ އާލާތްތަކުން ކަރަންޓު ބޭނުންކުރާ މިންވަރާ ގުޅޭ ޞައްޙަ މަޢުލޫމާތު އަންގައިދޭ ލޭބަލެކެވެ.

މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ލޭބަލު ޖެހުމަށް ހަމަޖެހިފައިވަނީ އައިސްއަލަމާރި، އޮޓޮމެޓިކް ދޮންނަމެޝިން އަދި އެއަރކޮންޑިޝަނަރުގައެވެ. މިތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުރިން އެ ތަކެއްޗަކީ ހަކަތަ ސަމަކާރަ މިންގަނޑަށްފެތޭ ތަކެތިތޯ ބަލައި، ލޭބަލުޖެހުމުގެ ހުއްދަ ހޯދަންޖެހޭނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާއިރު ހުންނަންވާނީ ހުއްދަ ދީފައިވާގޮތުގެމަތިން އެތަކެތީގައި ލޭބަލު ޖަހާފައެވެ.

މި ޕްރޮގްރާމާބެހޭ ފުރިހަމަ މަޢުލޫމާތު މި އިޢުލާނާއެކުވާ "Energy Efficiency Labelling Program" ކަރުދާހުގައި ހިމަނާފައިވާނެއެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމު މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  https://www.environment.gov.mv/v2/en/hakathari-program  އިން ޑައުންލޯޑް ކުރެވޭނެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ[email protected]  އީ-މެއިލް އެޑްރެހަށެވެ.

16 ސެޕްޓެންބަރު 2021