ބީލަން
ނަންބަރު: (I)288/2021/ 87
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 29 ސެޕްޓެންބަރު 2021 01:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ބަނޑަހަ" ( ކާޑުގެ ) މަރާމާތުކުރުމާއިގުޅޭ

މިރަށު ރަށްޔިތުންގެ ޢިމާރާތެއްކަމުގައިވާ "ބަނޑަހަ" (ކާޑުގެ) މަރާމާތުކުރަން ބޭނުންވެއެވެ.

ވީމާ ކައުންސިލުންދޭ ތަކެތީގެ އިތުރުން އިތުރަށްބޭނުންވާތަކެތި އަމިއްލަޔަށް ހޯއްދަވައިގެން މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވައިލަމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ، ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 2021 ސެޕްޓެންބަރު 22 ވާ ބުދަ ދުވަހު މެންދުރު 12:00ގެ ކުރިން، ދީފައިވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.

https://forms.gle/yTkD9zfapedTZc6RA

މަސައްކަތާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިޔަށް ދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

22 ސެޕްޓެންބަރު 2021 (ބުދަ) މެންދުރުފަހު 1:00

ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން

29 ސެޕްޓެންބަރު 2021 (ބުދަ) މެންދުރުފަހު 1:00

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާ އެކު ފޮނުވުން އެދެމެވެ.

09 ޞަފަރަ 1443ހ.

16 ސެޕްޓެންބަރ 2021މ.

 

ޢަލީ ޝަމީމް މުޙައްމަދު

ކައުންސިލްގެ ރައީސް

 

16 ސެޕްޓެންބަރު 2021