ދިވެހިރާއްޖެ
މި އިޢުލާންވަނީ 16 ސެޕްޓެންބަރު 2021 11:10 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
މި ކައުންސިލްގެ ނަމްބަރ (IUL)306//306/221/34 އިއުލާން އަށް އެއްވެސް ފަރާތަކުން ކުރިމަތި ލާފައި ނުވާތީ، ރަސްމާދޫ ވޭސްޓް
މެނޭޖްމަންޓް ސެންޓަރުގެ ލޭބަރ މަޤާމްއަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކޮށްދޭނެ މުވައްޒަފަކު ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
މަޤާމް |
ލޭބަރ |
ބޭނުންވާ އަދަދު |
01 |
މުއްދަތު |
01 އަހަރު |
މަޤާމް އޮތް އޮފީސް |
މާޅޮސްމަޑުލު އުތުރު ބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ |
މަސައްކަތުގައި ހޭދަ ކުރަން ޖެހޭ ގަޑީއިރު: |
08 ގަޑީއިރު (ހެނދުނު 08:00 ން މެންދުރު 12:00 އަދި 13:30 އިން 15:00) |
ސެކްޝަން |
މުނިސިޕަލް ސާރވިސް ސެކްޝަން |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ރަސްމާދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރ / ރ. ރަސްމާދޫ |
މުސާރަ |
3300 ރުފިޔާ |
އެހެނިހެން އިނާޔަތްތައް |
ސާރވިސް އެލަވަންސް 1000 ރުފިޔާ ރިސްކް އެލަވަންސް 1200 ރުފިޔާ |
މަޤާމުގެ އަސާސީ ޝަރުތު: |
1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރުން 2- ވަޒީފާގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށްވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
1- ވޭސްޓް މެނޭޖްކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ތަނަކުން ކުނިނަގައިގެން ބަގީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަށް ގެންދިއުމާއި ތަނުގެ ޖާގަނުގެއްލޭ ގޮތައް ބަގީ ހުސްކުރުން. 2- ކޮންމެ ދުވަހަކުވެސް ކުނިނަގާ ނިންމާ ބަގީ ސާފުކޮށް، ބެޓްރިޗާޖު ކުރަންޖެހޭތޯ ބަލައި ޗެކްކޮށް ބެލެހެއްޓުން. 3- ބަގީއަށް ދިމާވާ އެކިއެކި މަސަލަތައް ކައުންސިލަށް އަންގާ ހައްލުކުރުމަށް އަމިލީގޮތުން މަސައްކަތް ކުރުން. 4- ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި މޮނިޓަރކޮށް ސްޕަވައިޒްކުރުން. 5- ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ބައިވެރިވެފައިވާ މީހުން ދިރިއުޅޭ ގޯތިތަކާއި، ފަޅުގޯތިތަކުގެ ލިސްޓްތައް ބަލައި އެތަންތަނުން ޤަވާއިދުން ކުނި ނެގުމާއި، ގަވާއިދުން ކުނި ނެގެމުންދާކަން ކަށަވަރުކުރުން. 6- ވެމްކޯއިން ކުނި އުފުލަން އަންނަ ދުވަހު، ރަށު ގޮނޑު ހުސްކުރުމަށް ކުރަންހުރި މަސައްކަތްތައް ކުރުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- ތަޢުލީމާއި ތަޖުރިބާ އަދި މަސައްކަތްކުރުމުގެ ހުނަރާއި ޤަބިލްކަން ހުރުން |
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޙާއި ތަން އެންގޭނެއެވެ. |
ހުށައަޅަން ޖެހޭ ލިޔުންތައް: |
1- މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.) 2- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ 5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށްފައިވާ) 6- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ 7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި އެކު)
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2021 ސެޕްޓެމްބަރ 27 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުވުން އެދެމެވެ. |
އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ:6580049 ފޯނާއެވެ. |
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ސެޕްޓެމްބަރ 2021