ބީލަން
ނަންބަރު: (IUL)338-MS/338/2021/27
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:00
ސުންގަޑި: 27 ސެޕްޓެންބަރު 2021 11:00
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުރައިދޫ ކައުންސިލަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން

ކ.ގުރައިދޫ ކައުންސިލަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން

        މިކައުންސިލަށް ބޭނުންވާ ޤާނޫނީ ލިޔުންތައް ތައްޔާރު ކޮށްދިނުމާއި، ޤާނޫނީ ލަފާދިނުމާއި، ކައުންސިލުން ދަޢުވާކުރަންޖެހޭ އަދި ކައުންސިލަށް ދަޢުވާލިބޭ މައްސަލަތަކުގައި ވަކާލާތުކުރުން ފަދަ ޤާނޫނީ މަސައްކަތް ކޮއްދޭނެ ލޯ ފާރމެއް ހޯދަން ބޭނުންވެއެވެ. 

        މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ސެޕްޓެމްބަރު 21 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން  ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 2021 ސެޕްޓެމްބަރ 27 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، ތިރީގައި މިދަންނަވާ މަޢުލުމާތު މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

1- ހުށަހަޅާ ފަރާތުގެ ނަން:

2- އީމެއިލް އެޑްރެސް:

3- ފޯނު ނަމްބަރު:

        މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ފޯން ނަމްބަރު: 6640072 އަދި 7906473 އަށް ގުޅުއްވުމަށްވެސް ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަނުވާ އަދި 2021 ސެޕްޓެމްބަރު 21 ވަނަދުވަހުގެ 14:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

16 ސެޕްޓެންބަރު 2021