ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2021 | 097
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 26 ސެޕްޓެންބަރު 2021 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

 

ވަޒީފާގެ ފުރުޞަތު

 

މަޤާމު

 އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

 01 ( އެކެއް)

މަޤާމް ގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ޑިވިޝަން / ސެކްޝަން

އެގްޒެކެޓިވް ބިއުރޯ    

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

މަހަކު -/900 ރުފިޔާ

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

3. ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ސީ.އީ.އޯގެ ލަފާގެ މަތިން އެގްޒެކެޓިވް ބިއުރޯގެ އެންމެހާ މަސައްކަތްތައް ރާވާ ބެލެހެއްޓުން
  2. ޖެމްސް މެދުވެރިކޮށް އަދި އެހެނިހެން ގޮތްގޮތުން ހޮސްޕިޓަލަށް ލިބޭ ސިޓީ،ރިޕޯޓް ފަދަ އެންމެހާ ތަކެތި އެންޓަރކޮށް ފޮނުވަންޖެހޭ ޑިޕާޓްމަންޓްތަކަށް ފޮނުވުމާއި ސީ.އީ.އޯގެ ލަފާގެ މަތިން ޖަވާބުދޭންޖެހޭ ލިޔުންތަކަށް ޖަވާބުދީ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  3. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުން
  4. އެގްޒެކެޓިވް ބިއުރޯއަށް ލިބޭ މެއިލްތައް ދުވަހުން ދުވަހަށް ޗެކްކޮށް ޖަވާބުދިނުން
  5. އެގްޒެކެޓިވް ބިއުރޯއިން ފޮނުވަންޖެހޭ މެއިލްތައް ފޮނުވުން
  6. އެގްޒެކެޓިވް ބިއުރޯގެ އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން
  7. ސީ.އީ.އޯ ދެއްވާ އެޕޮއިންޓްމެންޓްތައް ހަމަޖެހިފައިވާ ތާވަލް ބަލަހައްޓާ، އެއްވެސް ބަދަލެއް ގެނެވޭނަމަ އެކަން އެޕޮއިންޓް ހަމަޖެހިފައިވާ ފަރާތްތަކާއި ހިއްސާކުރުން
  8. ސީ.އީ.އޯ ގެ މަސައްކަތްތަކުގެ އަޕްޑޭޓް ކޮންމެ އެޗް.އޯ.ޑީ މީޓިންގ އެއްގައި ހިއްސާކުރުން
  9. ސީ.އީ.އޯގެ ދަޢުވަތަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ އިސް ބޭބޭފުޅުންގެ ދަތުރުތައް ހަމަޖައްސާ، އެބޭބޭފުޅުންނާއިއެކު ޢަމަލީގޮތުން އެކޮމްޕެނީކުރުން

10. ސީ.އީ.އޯގެ އެޕޮއިންޓްމެންޓްތަކާއި އެހެނިހެން ބައްދަލުވުންތަކުގެ ހާޟިރީ ބެލެހެއްޓުމާއި ޔައުމިއްޔާ ލިޔުން

11. ސީ.އީ.އޯ، އިސް މުވައްޒަފުންނާއި ހަވާލުކުރައްވާ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބަލާ، ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ލިސްޓެއް މެއިންޓެއިންކޮށް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން

12. ސީ.އީ.އޯގެ ބައްދަލުވުންތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން

13. ސީ.އީ.އޯގެ އެޕޮއިންޓްމެންޓަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެހެމާންދާރީ އަދާކުރުން

14. ސީ.އީ.އޯ ސުޕަވައިޒްކުރައްވާ މުވައްޒަފުންގެ ލީވް ރިކުއެސްޓްތަކާއި އޯވަރޓައިމް ރިކުއެސްޓްތައް ސީ.އީ.އޯގެ ލަފާގެ މަތިން އެޕްރޫވް ކުރުން

15. ބިއުރޯގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބޭނުންވާ އެހީތެރިކަން ދިނުން

16. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުތު

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް7 ނުވަތަ 8ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް9 ން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް

އެޑްމިނިސްޓްރޭޝަން

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހިއުމަން ރިސޯސް

ގުޅޭ ވަޒީފާގެ ދާއިރާ

 މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  7. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  9. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  10. (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  11. ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ސެޕްޓެންބަރ 26 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

16 ސެޕްޓެންބަރު 2021