ދިވެހިރާއްޖެ
ނަމްބަރ: (IUL)295-B/2021/31
އިޢުލާން
މިއިދާރާއަށް 1.5 ޓަނުގެ (ޑީސަލް) ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެކުރިން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓްތައް ކެނޑުން އޮންނާނީ 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިއްބަވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ނަމްބަރ: 18/2014 ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
# |
ތަފްޞީލް |
ތާރީޚް |
ގަޑި |
01 |
މަޢުލޫމާތު ސާފުކޮށްދިނުން |
2021 ސެޕްޓެމްބަރ 16 އިން 20 އަށް |
ހެނދުނު 11:00 އިން 12:00 އަށް |
02 |
އެސްޓިމޭޓް ހުށަހެޅުން |
23 ސެޕްޓެމްބަރ 2021 |
ހެނދުނު 11:00 އަށް |
15 ސެޕްޓެމްބަރ 2021