ދިވެހިރާއްޖެ
| 
 މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ  | 
| 
 ބ.ކަމަދޫ، ދިވެހިރާއްޖެ  | 
| 
 ފޯން ނަމްބަރ: 6600051  | 
| 
 އީމެއިން އެޑްރެސް: [email protected]  | 
ނަމްބަރ: (IUL)314--/314/2021/35
އިޢުލާން
ވިޔަފާރި ކުރުމަށް ބިން ދޫކުރުމާއި ބެހޭ
ކަމަދޫގައި ވިޔަފާރިކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 4 ބިން 25 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މަޢުލޫމާތު ދިނުން
ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 21 ސެޕްޓެމްބަރ 2021 ވާ ( އަންގާރަ ) ދުވަހުގެ 12:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. ބީލަމުގައި ބައިވެރިވަނީ ކުންފުންޔަކުން ނުވަތަ ޖަމިއްޔާއަކުން ނަމަ އެކުންފުންޔެއް ނުވަތަ ޖަމިއްޔާއެއްގެ ރަޖިސްޓްރީ ކޮޕީ އަދި ކުންފުނި ނުވަތަ ޖަމިއްޔަގެ ފަރާތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާފަރާތުގެ އައިޑީ ކާޑު ކޮޕީ މަޢުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރުދެއް ނަމަ އެބޭފުޅެއްގެ އައިޑީ ކާޑް ކޮޕީ މަޢުލޫމާތު ދިނުމުގެ ބައްދަލަވުމުގައި ހުށައަޅަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެކަމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށައަޅަންވާނެއެވެ. މި ތަކެތި ހުށަނާޅާ ފަރާތްތަކަށް ބީލަމުގެ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވެވޭނެވާހަކަވެސް ދަންނަވަމެވެ.
| 
 މަޢުލޫމާތު ދިނުން  | 
 އަންދާސީހިސާބު ހުށަހެޅުން  | 
| 
 21 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 12:00  | 
 03 އޮކްޓޮބަރ 2021 ވާ އަންގާރަ ދުވަހުގެ 12:00  | 
ބީލަން ހުށައެޅުން
ބީލަން ހުޅުވުން އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެޑައިނުގަންނަވާ ފަރާތްތަކުގެ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
8 ސަފަރް 1442
15 ސެޕްޓެމްބަރ 202