ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)314--/314/2021/34
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 19:42
ސުންގަޑި: 21 ސެޕްޓެންބަރު 2021 11:00
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާޢީ މަސައްކަތް ކުރުމަށް ބިން ދޫކުރުމާއި ބެހޭ

މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ

ބ. ކަމަދޫ ، ދިވެހިރާއްޖެ.

Secretariat of the South MaalhosmaduluKamadhoo Council

Baa.kamadhoo,Rep.Of Maldives  

   ނަމްބަރ: (IUL)314--/314/2021/34

އިޢުލާން

ސިނާޢީ މަސައްކަތް ކުރުމަށް ބިން ދޫކުރުމާއި ބެހޭ

ކަމަދޫ ސިނާޢީ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 5 ބިން 25 އަހަރަށް ކުއްޔަށް ދޫކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުން

ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 21 ސެޕްޓެމްބަރ 2021 ވާ ( އަންގާރަ ) ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. ބީލަމުގައި ބައިވެރިވަނީ ކުންފުންޔަކުން ނުވަތަ ޖަމިއްޔާއަކުން ނަމަ އެކުންފުންޔެއް ނުވަތަ ޖަމިއްޔާއެއްގެ ރަޖިސްޓްރީ ކޮޕީ އަދި ކުންފުނި ނުވަތަ ޖަމިއްޔަގެ ފަރާތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާފަރާތުގެ އައިޑީ ކާޑު ކޮޕީ މަޢުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރުދެއް ނަމަ އެބޭފުޅެއްގެ އައިޑީ ކާޑް ކޮޕީ މަޢުލޫމާތު ދިނުމުގެ ބައްދަލަވުމުގައި ހުށައަޅަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެކަމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށައަޅަންވާނެއެވެ. މި ތަކެތި ހުށަނާޅާ ފަރާތްތަކަށް ބީލަމުގެ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވެވޭނެވާހަކަވެސް ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

21 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00

03 އޮކްޓޮބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00

 

 

ބީލަން ހުށައެޅުން

ބީލަން ހުޅުމާއި މައުލޫމާތު ދިނުން އޮންނާނީ މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

08    ސަފަރް   1442

15   ސެޕްޓެމްބަރ  2021

15 ސެޕްޓެންބަރު 2021