ދިވެހިރާއްޖެ
|
ވޮލެންޓިއަރކޮށް މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުން (އިންޓަރން- 6 މަސް ދުވަހަށް) |
ނަންބަރ: (IUL)13-HR/13/2021/275 |
||
|
ތާރީޚް : 15 ސެޕްޓެންބަރު 2021 |
|||
|
އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ފިނޭންސް، ކ. މާލެ |
ބޭނުންވާ ޢަދަދު:
|
04 (ހަތަރެއް) |
|
ޕޮކެޓް މަނީ |
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/165ރ (ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
|
||
|
މަޤާމްގެ ޝަރުތު: |
އޭ ލެވެލް ނިންމާފައިވުން |
||
|
މަސްއޫލިއްޔަތު: |
މި މިނިސްޓްރީގެ ސެކްޝަންތަކުގައި މަސައްކަތް ކުރުމަށް |
||
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް: |
- ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ ފަރާތްތައް - ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު - ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތްކުރުމުގެ ހުނަރު |
||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ފުރިހަމަކުރެވިފައިވާ ސިވިލް ސަރވިސް އެޕްލިކޭޝަން ފޯމް (މި ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ). - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓިފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް |
||
|
ސުންގަޑި: |
22 ސެޕްޓެންބަރު 2021 (ބުދަ) ދުވަހުގެ 12:00ގެ ނިޔަލަށް |
||
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި މިނިސްޓްރީގެ ކޯލް ސެންޓަރ 1617 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުތު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ ފަރާތްތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އީ-މެއިލްގެ ޒަރީއާއިން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާ މުއްދަތުން ފެށިގެން 2 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު މި މިނިސްޓްރީގައި އޮންނާނެއެވެ. |
||