ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2021/142
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 23 ސެޕްޓެންބަރު 2021 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ / އެޑްމިނިސްޓްރޭޓިވް އޮފިސަރ (ހދ.ކުޅުދުއްފުށި ކެމްޕަސް)

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ / އެޑްމިނިސްޓްރޭޓިވް އޮފިސަރ (ހދ.ކުޅުދުއްފުށި ކެމްޕަސް)
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހދ.ކުޅުދުއްފުށި ކެމްޕަސް

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު  7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,064.83 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

ކޮންޓްރެކްޓް ފެށޭ ތާރީޙުން ފެށިގެން 6 މަހުގެ ނިޔަލަށް

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 7/8 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސެޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސެޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ގްރޭޑް 5) ގެ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރ (ގްރޭޑް 4) ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހދ.ކުޅުދުއްފުށި ކެމްޕަސް

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

18

މުސާރަ:

މަހަކު  5,956.80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  2,552.92 ރުފިޔާ

 

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު، 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ތާވަލް ކުރެވިފައިވާ ގަޑި ތަކުގައި އޮފީސް ހުޅުވައި ލެއްޕުން.
  2. ކެމްޕަސް މެނޭޖަރގެ އިރުޝާދުގެ ދަށުން ކެމްޕަސް ބަޖެޓް ބެލެހެއްޓުން.
  3. ޙަރަދު ރިޕޯޓް އަދި ބޭންކް ރިކޮންސިލޭޝަން ޝީޓް ތައްޔާރުކުރުން.
  4. ތިޖޫރީ ބެލެހެއްޓުމާއި ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން.
  5. ފައިސާއާއި ބެހޭ ލިޔެކިޔުން ތަށް ތައްޔާރު ކުރުމާއި ބެލެހެއްޓުން.
  6. އެކިފާރާތް ތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި ގުޅޭ ލިޔުންތަށް ތައްޔާރު ކުރުމާއި އިންތިޒާމްތައްކުރުން.
  7. ފައިސާ އާއި ބެހޭ ރިޕޯޓްތައްތައްޔާރު ކުރުން.
  8. ބެންކް އިން ފައިސާ ގެނައުމާއި އަދި ފައިސާ ޖަމާކުރުމުގެ އިންތިޒާމްތައްކުރުން.
  9. ކެމްޕަހަށް ލިބޭ ފައިސާ ބަލައިގަތުމާއި ހިސަބު ބެލެހެއްޓުން.
  10. ލިޔެކިޔުންތަށް ދުވަހުން ދުވަހަށް ފައިލް ކުރުން.
  11. އާމްދަނީ އެކައުންޓަށް ޖަމާވާ ފައިސާގެ ހިސާބު ބެލެހެއްޓުން.
  12. ފެކަލްޓީ ތަކުގެ ބޭނުމަށް ހަރަދުކުރުމުގެ އިންތިޒާމް ހަމަޖައްސައި، ހަރަދު ކުރެވޭ ފައިސާ ރިއެމްބަރސްކުރުމަށް ބޭނުންވާ ލިޔެކިޔުންތަށް ތައްޔާރުކުރުން.
  13. ޑެއިލީ ބަޖެޓް ޝީޓް ބެލެހެއްޓުން.
  14. ކެމްޕަހަށް ލިބޭ ލިޔުންތައް އެންޓްރީކުރުން
  15. އިންވެންޓްރީ ބެލެހެއްޓުން
  16. ސްޓޮކް ބެލެހެއްޓުން
  17. އިޢުލާނުކުރެވިގެން ކުރާ މަސައްކަތްތައް

   - އިޢުލާނުކުރުން

   - މަޢުލޫމާތު ޝީޓު ތައްޔާރުކުރުމާއި މަޢުލޫމާތު ދިނުން

   - އެސްޓިމޭޓް ބަލައިގަތުމާއި ޕްރޮކިޔުމެންޓް ކޮމިޓީއަށް އެތަކެތި ފޮނުވުން

   - މަސައްކަތުގެ އެގްރީމެންޓް ތައްޔާރުކޮށް ޙަވާލުކުރުން

   - މަސައްކަތް ނިންމިގޮތުގެ ރިޕޯޓު ތައްޔާރުކުރުން

   - މަސައްކަތް ނިންމިކަމުގެ ލިޔުން ތައްޔާރުކޮށް އެފަރާތްކަށް ޙަވާލުކުރުން

 18. ކެމްޕަހުން ފޮނުވަންޖެހޭ އެކިއެކި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން

 19. މުދާ ގެންދިޔުމާއި ގެނައުމުގެ މަސައްކަތްތައްކުރުން

 20. މަސައްކަތު މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން 

 21. ބީ ބްލޮކް، އީ ބްލޮކް އަދި ކެމްޕަހުގެ ގޯތިތެރޭގެ މަރާމާތު މަސައްކަތްތައް ބެލެހެއްޓުން

 22. ވަޒީފާއާއި ގުޅޭގޮތުން އޮފީހުގެ ވެރިން އަންގަވާ މަސައްކަތް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

  • 2021 ސެޕްޓެމްބަރު 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

              http://bit.do/MNU-KC-2021-142

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English

http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
15 ސެޕްޓެންބަރު 2021