ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460-AF/460/2021/9
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:12
ސުންގަޑި: 20 ސެޕްޓެންބަރު 2021 13:30
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޑިރެކްޓަރ، ލީގަލް އެފެއާޒް
ބޭނުންވާ އަދަދު :1

މަޤާމުގެ ރޭންކް:

އީ.އެކްސް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ލީގަލް އެންޑް ރިސަރޗް

ފެންވަރު ނުވަތަ ޝަރުޠު:

  1. ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ނުވަތަ ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، ޤާނޫނީ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ، 
  2. ޝަރީޢަތާއި ޤާނޫގެ ދާއިރާއިން ނުވަތަ ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުން
  3. ޤާނޫނީ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު، އެ ދާއިރާގެ އިސް މަޤާމެއްގައި މަސައްކަތްކޮށް މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހުގެ އެންމެހާ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުގެ އޮނިގަނޑުގެ ތެރޭގައި ހިފަހައްޓައި ދެމެހެއްޓުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމާއި މި މަޤުޞަދަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް އިސްނެގުމާއި ވިލަރެސް ކުރުން؛
  2. އޮފީހުގެ ފަރާތުން ކުރަންޖެހޭ ދަޢުވާތައް ކުރުމާއި ދަޢުވާ ލިބިގަތުމާއި އޮފީހުގެ ފަރާތުން ވަކާލާތުކުރަން ޙަވާލުކުރެވޭ ކަންކަމުގައި ކޯޓުތަކުގައި ވަކާލާތުކުރުން؛
  3. ޤާނޫނޫ ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމުގައި ކޮމިޝަނަރަށް އެހީތެރިވެދީ އެއްބާރުލުން ދިނުން
  4. ޤާނޫނޫ ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ތަންފީޒު ކުރުމަށް ބޭނުންވާ ޤާނޫނީ ލަފައާއި އިރުޝާދު، ކޮމިޝަނަރަށާއި އޮފީހުގެ ވެރީންނަށާއި މުވައްޒަފުންނަށް ލިބިދިނުން؛
  5. އޮފީހުގެ މުވައްޒަފުން އެމީހުންގެ ވަޒީފާގެ މަސައްކަތުގައި ޢަމަލުކުރަންޖެހޭ އެންމެހާ ޤާނޫނުތަކާއި ގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރި ކުރުވުމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުން؛
  6. އޮފީހާއި އެކި ފަރާތްތަކާ ދެމެދު ކުރިމަތިވާ މައްސަލަތަކުގައި ޢާންމު ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ޙާލަތުތަކާއި މީޑިއާގެ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ޙައްސާސް ކަންތައްތަކުގައި ކޮމިޝަނަރަށް ޤާނޫނީ ގޮތުން ބޭނުންވާ އެހީތެރިކަން ލިބިދިނުން؛
  7. އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމާއި ތަންފީޒު ކުރުމުގައި ކޮމިޝަނަރަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް

- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

- ވަޒީފާގެ ދާއިރާގައި ހާސިލުކޮށްފައިވާ ނަތީޖާތައް؛

- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

- އަދަބުވެރިކޮށް މީހުންނާ މުޢާމަލާތުކުރަން އެނގޭ މިންވަރު

- ކޮމްޕިއުޓިންގއަށް ޚާއްޞަކޮށް މައިކްރޯސޮފްޓް ވާރޑަށް އަހުލުވެރިވެފައިވާ މިންވަރު.

- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

މުސާރައާއި އެލަވަންސް

އަސާސީ މުސާރަ: (މަހަކު) -/11500 ރުފިޔާ.

އެލަވަންސް:    (މަހަކު): -/5500 ރުފިޔާ

ފޯނު އެލަވަންސް: (މަހަކު) -/350 ރުފިޔާ

އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމް :ސީނިއަރ ލީގަލް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ރޭންކް:

އެމް.އެސް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ލީގަލް އެންޑް ރިސަރޗް

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ، 
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހުގެ އެންމެހާ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުގެ އޮނިގަނޑުގެ ތެރޭގައި ހިފަހައްޓައި ދެމެހެއްޓުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމާއި މި މަޤުޞަދަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް އިސްނެގުމާއި ވިލަރެސް ކުރުން؛
  2. އޮފީހުގެ ފަރާތުން ކުރަންޖެހޭ ދަޢުވާތައް ކުރުމާއި ދަޢުވާ ލިބިގަތުމާއި އޮފީހުގެ ފަރާތުން ވަކާލާތުކުރަން ޙަވާލުކުރެވޭ ކަންކަމުގައި ކޯޓުތަކުގައި ވަކާލާތުކުރުން؛
  3. ޤާނޫނޫ ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމުގައި ކޮމިޝަނަރަށް އެހީތެރިވެދީ އެއްބާރުލުން ދިނުން
  4. ޤާނޫނޫ ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ތަންފީޒު ކުރުމަށް ބޭނުންވާ ޤާނޫނީ ލަފައާއި އިރުޝާދު، ކޮމިޝަނަރަށާއި އޮފީހުގެ ވެރީންނަށާއި މުވައްޒަފުންނަށް ލިބިދިނުން؛
  5. އޮފީހާއި އެކި ފަރާތްތަކާ ދެމެދު ކުރިމަތިވާ މައްސަލަތަކުގައި ޢާންމު ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ޙާލަތުތަކާއި މީޑިއާގެ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ޙައްސާސް ކަންތައްތަކުގައި ކޮމިޝަނަރަށް ޤާނޫނީ ގޮތުން ބޭނުންވާ އެހީތެރިކަން ލިބިދިނުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް

- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

- ވަޒީފާގެ ދާއިރާގައި ހާސިލުކޮށްފައިވާ ނަތީޖާތައް

- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

- އަދަބުވެރިކޮށް މީހުންނާ މުޢާމަލާތުކުރަން އެނގޭ މިންވަރު

- ކޮމްޕިއުޓިންގއަށް ޚާއްޞަކޮށް މައިކްރޯސޮފްޓް ވާރޑަށް އަހުލުވެރިވެފައިވާ މިންވަރު.

- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

މުސާރައާއި އެލަވަންސް

އަސާސީ މުސާރަ: (މަހަކު) -/9500 ރުފިޔާ.

އެލަވަންސް:    (މަހަކު): -/3000 ރުފިޔާ

އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމް :ލީގަލް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ރޭންކް:

ޖީ.އެސް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ކޭސް މެނޭޖްމަންޓް

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން،  އަދި،
  2. ސާނަވީ އިމްތިޙާނުގެ [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ހާސިލުކޮށްފައި ވުމާއެކު ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގެ [އިނގިރޭސި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ހާސިލުކޮށްފައިވުމާއެކު މަޤާމާއި ގުޅޭ މަސައްކަތުގެ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
  3. ސާނަވީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު މަޤާމާއި ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހަށް ހުށަހެޅޭ މައްސަލަތައް ވެރިއެއްގެ ލަފާގެ މަތިން ބަލައި ޖަވާބު ދިނުމާއި މައްސަލަތައް ފައިލްކޮށް ބެލެހެއްޓުން ކުރުން.
  2. އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތަފްސީލު އަދާހަމަކޮށް އޮފީހުގެ ވެބްސައިޓަށްލުން.
  3. އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކޮށް ޗިޓު ތައްޔާރުކޮށް ފޮނުވުން.
  4. އަޑުއެހުންތަކުގެ ޔައުމިއްޔާތައް ލިޔުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:

-      މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

-      ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

-       މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

-      ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު

-      ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

އުޖޫރަ އާއި އިނާޔަތްތައް:

-      އަސާސީ މުސާރަ: (މަހަކު) -/7،000 ރުފިޔާ.

-      ސަރވިސް އެލަވަންސް: (މަހަކު) -/3،000 ރުފިޔާ

-      އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައި)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ / ތަޖުރިބާގެ ލިޔުން

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

20 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ދެހަފުތާއެއްގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތައް ކުރިޔަށް ގެންދެވޭނެއެވެ. 

 

 ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

14 ސެޕްޓެންބަރު 2021