ބީލަން
ނަންބަރު: (IUL)38-AD/38/2021/703
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 23:05
ސުންގަޑި: 26 ސެޕްޓެންބަރު 2021 10:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުގެ އައި.ސީ.ޓީ ސެކްޝަން މަރާމާތުކުރާނެ ފަރާތެއް ހޯދުން

 (IUL)38-AD/38/2021/703ނަންބަރު 

 

އިޢުލާނު

 ކޮމިޝަނުގެއައި.ސީ.ޓީ ސެކްޝަން މަރާމާތުކުރާނެ ފަރާތެއް ހޯދުން

މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮމިޝަނުގެ އައި.ސީ.ޓީ ސެކްޝަން މަރާމާތުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2021 ސެޕްޓެމްބަރ 23 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 2021 ސެޕްޓެމްބަރ 26 ވާ އާދިއްތަ ދުވަހުގެ 10:00ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

14 ސެޕްޓެންބަރު 2021