ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)322-A/322/2021/72
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 22 ސެޕްޓެންބަރު 2021 13:30
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖުކުރުމަށާއި އިޖުތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކުރުމަށް (ވަގުތީ) މަސައްކަތު 05 މުވައްޒަފުން ހޯދުމަށް

މަޤާމް:

މަސައްކަތު 

ބޭނުންވާ އަދަދު:

05(ފަހެއް)

މަޤާމުގެ ގިންތި:

ވަގުތީ (ވަޒީފާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 06 މަސްދުވަހަށް.)

މަޤާމުގެ މުސާރަ:

-/3100 ރުފިޔާ.

އެލެވަންސް:

-/1000 ރުފިޔާ އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސް -/40 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށުގެ ގޭބީސީތަކުގައި އުފެދޭ ފަނާވާ، އަދި ފަނާނުވާ ޒާތުގެ ކުނި ވަކިވަކިން ނަގައިގެން ކުނިކޮށްޓަށް ގެންދިއުން.
  2. ކުނިކޮށްޓަށް ގެންދެވޭ ކުނި ( ދަޅު، ފުޅި، ޕްލާސްޓިކް، ބިއްލޫރި، ދަގަނޑު.....) ކުނިމެނޭޖު ކުރުމުގައި ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ވަކިކޮށް ކުނިކޮށީގައި ބެލެހެއްޓުމާއިއެކު، ފަތްކުނި އަދި އަނދާޒާތުގެ އެހެނިހެން ކުނި، ކަނޑައެޅިފައިވާ ސަރަހައްދުގައި އެންދުން.
  3. ކުނިކޮށި އަދި ކުނިއަންދާ ސަރަޙައްދު ވިނަނޮޅައި ސާފުކުރުމާއި، ފަނާނުވާ ޒާތުގެ ކުނި ވަކިކޮށް ބެލެހެއްޓުން.
  4. ރަށުގެ އިޖްތިމާއީ ސަރަހައްދު ވިނަނޮޅާ ކުނިކަހާ، ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކުރުން.
  5. ރަށުތެރޭގައި ބެހެއްޓިފައިވާ ޑަސްބިންތައް ހުސްކޮށް ސާފުކޮށް ބެލެހެއްޓުން.
  6. ރަށުން ކުނިބޭރުކުރާ ދުވަސްތަކުގައި އެމަސައްކަތުގައި އުޅުން.
  7. ދިމާވާ ކުއްލިހާލަތްތަކުގައި، ކުނި މެނޭޖުކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ ކައުންސިލްގެ މަޝްވަރާގެ މަތިން މަސައްކަތަށް ނުކުތުން.
  8. މީގެ އިތުރުންވެސް، ކުނިމެނޭޖުކޮށް ބެލެހެއްޓުމާގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
  9. ސިއްރު ހިފެހެއްޓުން.
  10. އަދި މީގެއިތުރުން ކައުންސިލުން ހިންގާ ޚާއްސަކަންކަމުގައި ކައުންސިލުން އެދެފިނަމަ ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

1. ދިވެއްސަކަށް ވުން.

2. ލިޔަންކިޔަން ދަތުން.

3. އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން.

4. ހަފްތާގެ 06 ދުވަހު، ދުވާލަކު 08 ގަޑިއިރު މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. (ސީ.ވީ)
  3. އައިޑީ ކާޑުގެ ސާފު ކޮޕީއެއް. (ދެފުށުގެ)
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ނުވަތަ ވަޒީފާއާއިގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ވަޒީފާގެ ޝަރުތު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުތު ފުރިހަމަވުން. (ވަޒީފާގެ ޝަރުތު ފުރިހަމަ ނުވާނަމަ ޑިސްކޮލިފައިވާނެއެވެ. )       

2. ތަޢުލީމާއި ތަމްރީން: ލިބިފައިވާ ތަޢުލީމް އަދި ވަޒީފާއާއިގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް.                                                 

3. ތަޖްރިބާ: ވަޒީފާއާ ގުޅުންހުރި ތަޖްރިބާ އަދި އެހެނިހެން ތަޖްރިބާ.

4. ލިބިފައިވާ ހުނަރު: އިންޓަރވިއު.

5. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެެއް ކަމުގައި ވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ސެޕްޓެމްބަރ 2021 ގެ 13:30 ގެ ކުރިން، ބ. ހިތާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް ކުރައްވާނަމަ ސުންގަޑީގެ ކުރިން  އީމެއިލް ލިބުނުކަން ކަށަވަރުކުރުމަކީ އީމެއިލް ކުރައްވާ ފަރާތުގެ ޒިންމާއެކެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު   އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 22 ސެޕްޓެމްބަރ 2021 އާއި 27 ސެޕްޓެމްބަރ 2021 އާ ދެމެދު، ބ. ހިތާދޫ ކައުންސިލްގެ އިދާރާގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600007 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

14 ސެޕްޓެންބަރު 2021