މަސައްކަތް
ނަންބަރު: (IUL)331/331/2021/60
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 19 ސެޕްޓެންބަރު 2021 11:30
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                                                                               ނަމްބަރ:331/331/2021/60(IUL)

އިޢުލާން

 

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

                  މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ޖެޓީ ސަރަޙައްދުގައި ފެން އިސްކޫރު ސްޓޭންޑެއް ހަދައިދޭނެ ފަރާތެއް  ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު:331/331/2021/54(IUL) އިޢުލާން އާއި ގުޅިގެން، އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.                    

                  މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 182014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                 މިމަސައްކަތާއި ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ރިސެޕްޝަނުން ލިބި ވަޑައިގަންނަވާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2021 ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ 11:30 ގައި މިކައުންސިލްގެ އިދާރާގައެވެ.

                  ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

14 ސެޕްޓެންބަރު 2021