ޢާންމު މަޢުލޫމާތު
                	
                ނަންބަރު: P4C/A/2021/6
                    ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2021
                    ޕަބްލިޝްކުރި ގަޑި:  12:02
                                            ސުންގަޑި: 
                            22 ސެޕްޓެންބަރު 2021 14:00
                        
                    
                ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޝަރުޢީ އަގުކޮމިޓީއެއް އެކުލަވާލުން
                                ޝަރުޢީ އަގުކޮމިޓީއެއް އެކުލަވާލުން
މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޝަރުޢީގޮތުން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި އަގުކޮމިޓީގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއެވެ.
- ބޭނުންވާ އަދަދު: 10 (ދިހައެއް)
 - މުއްދަތް : 03 އަހަރު
 - މަސައްކަތުގެ އުޖޫރަ: މަސައްކަތުގައި އުޅޭ ކޮންމެ ދުވަހަކަށް -/300(ތިންސަތޭކަ) ރުފިޔާ.
 
ޝަރުޠު:
- ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތު ލިބިފައިވުމާއި އަދި އެކަމަށް އެކަށޭނެ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން.
 - އަތޮޅުގެ އެހެން ރަށަކަށް އަގުކުރުމަށް ދާންޖެހިއްޖެ ޙާލަތެއްގައި ދަތުރުކުރެވޭފަދަ މީހަކަށްވުން.
 
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަކޮށްފައިވާ، އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް (މިފޯމް، ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ).
2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
4- މަސައްކަތު ތަޖުރިބާގެ ލިޔުން.
5- މެންބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިދަފްތަރަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ފޯމް ފުރިހަމަކުރުމަށްފަހު، މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
                14 ސެޕްޓެންބަރު 2021