ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2021/141
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 22 ސެޕްޓެންބަރު 2021 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ (އެޗް.އާރް)

މަޤާމް :އެސިސްޓްންޓް ޑިރެކްޓަރ (އެޗް.އާރް)
ބޭނުންވާ އަދަދު :1

މަޤާމު:

އެސިސްޓަންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

އެޗް.އާޜް

ގްރޭޑް:

06

ސްޕައިން ޕޮއިންޓް:

32

މުސާރަ:

މަހަކު 9,124/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910/50 ރުފިޔާ

ޢިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  1. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 7/8ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މުވައްޒަފުންގެ މުސާރައާއި އެލަވަންސް ދިނުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު، ކަނޑައެޅޭ މުއްދަތަށް ހޯދުމުގެ މަސައްކަތްކުރުވައި، ރިޕޯޓް ހޯދުވައި، ރިޕޯޓް ލިބުމުން، މުސާރަޔާއި އެލަވަންސް ދިނުމަށް މުސާރަ ޝީޓް ތައްޔާރުކުރުވުން.
  • މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ކަންތައް ހަމަޖެހިފައި އޮންނަ އުޞޫލުގެ މަތިން ކުރުވުން.
  • މުސާރަޔާއި އެލަވަންސް، މުސާރަދިނުމަށް ހަމަޖެހިފައި އޮންނަ ތާރީޚަށް މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުވުން.
  •  ޕެންޝަން ސްކީމުގައި ބައިވެރިވާ މުވައްޒަފުންގެ މަޢުލޫމާތު، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޤަވާޢިދުން ފޮނުވާތޯ ބެލުން.
  • އެޗް. އާރު. ސިސްޓަމްގެ އެޑްމިނިސްޓްރޭޓަރާ ގުޅިގެން ސިސްޓަމް ފަންކްޝަންކުރުވައި، ތަރައްޤީކޮށް، މި ސިސްޓަމުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި މުވައްޒަފުން ހިމެނޭގޮތަކަށް މަސައްކަތްކޮށް، މި ކަމާ ގުޅޭ ތަމްރީން ހިންގުން.
  • ސެކްޝަނުގައި ކުރެވޭ މަސައްކަތްތައް މޮނިޓަރކޮށް، އެ މަސައްކަތްތައް ހަލުވިކުރުވައި ތަރައްޤީކުރުން.
  • ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 ސެޕްޓެންބަރު 22 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2021-141

 

 

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English

http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި ޕޭރޯލް އަދި ސެޕް ސިސްޓަމްގެ މަސައްކަތްތަކަށް އަހުލުވެރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
14 ސެޕްޓެންބަރު 2021