ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2021/96
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:45
ސުންގަޑި: 27 ސެޕްޓެންބަރު 2021 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ހަދަން ބޭނުންވާ ސްޓްރީޓް ލައިބްރަރީ ހަދާދޭނެ ފަރާތެއް ހޯދުމަށް.

`

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ                

      ބޮޑުފޮޅުދޫ، ދިވެހިރާއްޖެ  

                               

އިޢުލާން

މިކައުންސިލުން ހަދަން ބޭނުންވާ ސްޓްރީޓް ލައިބްރަރީ ހަދާދޭނެ ފަރާތެއް ހޯދުމަށް.

                       މިކައުންސިލުން ހެދުމަށް ނިންމާފައިވާ ސްޓްރީޓް ލައިބްރަރީގެ މަސައްކަތް މިކައުންސިލުން ދޭ ޑިޒައިންތަކާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                        މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން 20 ސެޕްޓެންބަރ 2021ވާ ހޯމަ ދުވަހުގެ 13:00އަށް މިކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު މިކައުންސިލުން ދެއްވާ މައުލޫމާތު ޝީޓާއެއްގޮތަށް މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 27 ސެޕްޓެންބަރ 2021ވާ ހޯމަ ދުވަހުގެ 13:00ގައި މި އިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން ހުށައެޅޭ ޕްރޮޕޯޝަލްތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 27 ސެޕްޓެންބަރ 2021ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅުން ފޮނުވާ ފަރާތްތަކުން، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660657 ނުވަތަ 9494094 ނަންބަރާއެވެ.

                        ވީމާ، މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާންކުރަމެވެ.

                        06 ސަފަރު 1443

                        13 ސެޕްޓެންބަރ 2021

                                

13 ސެޕްޓެންބަރު 2021